logo

އެމްއެންޕީ ގުރައިދޫ ޖަގަހަ ހުޅުވައިފި

profile

އަހުމަދު ޒަލީފު - 08 ފެބްރުއަރީ 2023 - 22:10

ނާޒިމް، ގުރައިދޫ ޖަގަހަ ހުޅުވައިދެއްވަނީ

ނާޒިމް، ގުރައިދޫ ޖަގަހަ ހުޅުވައިދެއްވަނީ

މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ޖަހަގައެއް ކ.ގުރައިދޫގަ ހުޅުވައިފިއެވެ.

މި ޖަގަހަ ހުޅުއްވައިދެއްވީ އެ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމެވެ.

ގުރައިދޫ ޖަގަހަ ހުޅުވުމުގެ ގޮތުން މިރޭ އެރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ގުރައިދޫ އަކީ މަސްވެރި ރަށެއް ކަމަށާއި މަސްވެރިންނަށް ދިމާވެފައިވާ ދަތިކަން އެމްއެންޕީގެ ވެރިކަމެއްގަ ހައްލު ކޮށްދެއްވާނެ ކަމަށެވެ.

މިރަށު ހިއްކާފަ އޮތް ބިމުން ރަށުގެ ރައްުޔިތުންނަށް ގޯތި ދެވޭނެ ގޮތެއް އަދިއެއް ނުވެެއް ހެދޭ. އެ ލޭންޑް ޔޫސް ޕްލޭނެއް ނުނިމޭ. ލޭންޑް ޔޫސް ޕްލޭން ނިންމާފަ ރައްޔިތުންނާ ހަމައަށް ގޯތި ދެވޭނެ އެއްވެސް ގޮތެއް ނެތް. އެތަނުން ދެވޭނެ ގޯތީގެ އަދަދަކީ ގާތްގަނޑަކަށް 400 ގޯތި. އެ 400 ގޯއްޗަކީ މިރަށަށް ބޭނުންވާ ވަރެއް ނޫނޭ އިނގެތޯ / ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ، މާލެއަށް ވުރެ ދަތި ޙާލުގައި ގުރައިދޫގައި މީހުން ދިރިއުޅެމުން ދާ ކަމަށާއި އެ ޙާލަތު ބަދަލު ކުރުމަށް އެމްއެންޕީ އޮތީ ތައްޔާރަށްކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ލީޑަރޝިޕްގެ ދަށުން އެ ޕާޓީން އަންނަނީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންނެވެ.



https://wamco.com.mv/
tel:+9607331319