logo

ޝަހީދުންގެ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތެއް

profile

އައިޝަތު އިނާޝާ - 25 ޖެނުއަރީ 2025 - 08:38

މި އަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަރަކާތެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބްޠާލުންގެ ޚިދުމަތްތަކުގެ ހަނދާންކޮށް އެ އަބްޠާލުންގެ ޒިކުރާ އާލާކުރުމަށެވެ.

މިދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ.

މިނިސްޓަރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސް މީލާދީން މި އަހަރު ދިމާވަނީ މި ޖަނަވަރީ މަހުގެ 31ވަނަ ދުވަހަށް ކަމަށެވެ.

undefined

މި އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ހަރަކާތްތަކެއް ރޭވެމުން އެބަ ދޭ : މިނިސްޓަރު އާދަމް ނަސީރު

https://etukuri.mv/
https://eportal.mwsc.com.mv/e-pay