logo

ކުޑަކުދިންނަށް ދޭ ބޭހެއް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

profile

ޒިދާން މުޙައްމަދު - 04 އޯގަސްޓު 2024 - 13:35

ކުޑަކުދިން ރޯގާ ޖެހުމުންނާއި އެލާޖިކްވުމުން އާންމުކޮށް ބޭނުންކޮށް އުޅޭ އަލެގްރާގެ ތިން ބެޗެއްގައި ކޮލެޓީގެ މައްސަލަތަކެއް އުޅޭތީ، އެ ބެޗުތައް ރާއްޖޭގައި ބޭނުންކުރުމާއި ވިއްކުން މަނާކޮށްފިއެވެ.


ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ އިންޑިއާއިން އުފައްދާ އަލެގްރާ ބޭހުގެ AL1223019، AL1223060، އަދި AL1223029 ބެޗްތަކުގައި ހިމެނޭ ބޭހެވެ.


މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން، އެމް.އެފް.ޑީ.އޭއިން ބުނީ، ރާއްޖެ އެތެރެކޮށް ބޭނުންކުރާ މި ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް ބޭސް އުފައްދާފައިވާ ކުންފުނިން އެލަރޓްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ތިން ބެޗް ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއްކަމަށް އެމް.އެފް.ޑީ.އޭއިން ވަނީ ބުނެފައެވެ.

މި ބޭހުގެ ބެޗްތައް ފާމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްޙީ ޚިދުމަތްދޭ ތަނެއްގައި ހުރިނަމަ އެ އޮތޯރިޓީއަށް އެންގުމަށްވެސް އެމް.އެފް.ޑީ.އޭއިން އެދެއެވެ.

މި ބޭހަކީ އިންޑިއާގެ ސަނޯފީ އިންޑިއާ ލިމިޓެޑް ކިޔާ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.

https://int.etukuri.mv/
tel:+9607331319