logo

ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ޗައިނާގެ ކުންފިނިތަކާ އެކު މަޝްވަރާކޮށްފި

profile

ޝުރުފާ މުހަންމަދު - 21 ޖުލައި 2024 - 20:42

ފޮރިން މިނިސްޓަރ މޫސާ ޒަމީރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން--- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރ މޫސާ ޒަމީރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން--- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގައި ހިންގާ ތަރައްގީގެ އެކި މަޝްރޫއުތަކަށް، ޗައިނާ ކުންފުނިތަކުގެ އެހީ ހޯދުމަށް މަޝްވާރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ފޮރިން މޫސާ ޒަމީރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ގައުމުގެ ވިޔަފާރިވެރިންނާ އެކު ބޭއްވެވި ބައްދަލުވުންތަކުގަ އެވެ.

މިނިސްޓަރ ޒަމީރު ބައްދަލުކުރެއްވި ކުންފުނިތަކުގެ ތެރޭގައި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް)، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އަދި ޗައިނާ ޓިއަންޔިންގް ހިމެނެ އެވެ. ސީމެކްގެ ޗެއާމަން ވެންގް ބޯއާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމާއި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އެ ކުންފުނިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރެއްވި އެވެ. އަދި ރަސްމާލެ އާއި ގުޅިފަޅު މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްގެންގޮސް، އެ ކުންފުންޏާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރަށް ސީއެސްސީއީސީ އާއި ޗައިނާ ޓިއަންޔިންގްއާ އެކު ބޭއްވި ބައްދަލުވުންތަކުގައި އެ ކުންފުނިތަކާ ގުޅިގެން ކުނި މެނޭޖު ކުރުމާއި އިޔާދަކުރަނިވި ހަކަތަ ތަރައްގީގެ އެކި ކަހަލަ މަޝްރޫއުތަކުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ފިނޭންސް މިނިސްޓަރާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި ދަތުރުފުޅު ނިންމަވާލައްވާނީ މި އަންނަ ބުދަ ދުވަހުގަ އެވެ.

tel:+9607331319