logo

ރާއްޖެ ހިމެނޭހެން ތައިލެންޑުން ފްރީ ވިސާ ދިނުން ހުއްޓާލަނީ

profile

އާމިނަތު ޝަފާ - 21 ސެޕްޓެމްބަރު 2024 - 18:00

ފޮރިން މިނިސްޓްރީ ބިލްޑިންގ

ފޮރިން މިނިސްޓްރީ ބިލްޑިންގ

ރާއްޖެ ހިމެނޭހެން ގައުމުތަކަށް ދެމުން އައި ފްރީ ވިސާ ދިނުން ތައިލެންޑުން ހުއްޓާލަން ނިންމާފައިވާކަން އެގައުމުން ހާމަކޮށްފިއެވެ.

ރާއްޖެ ހިމެނޭހެން އޭޝިއާގެ ހުރިހާ ގައުމުތަކަށް ދެމުންއައި ފްރީ ވިސާ ދިނުން ހުއްޓާލަން ތައިލެންޑް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ ޑިސެމްބަރުމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

މި ނިންމުމަށް އަމަލުކުރަން ފެށުމުން ތައިލެންޑަށް ދަތުރުކުރެވޭނީ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހޯދައިގެންނެވެ.

އީޓީއޭ މެދުވެރިކޮށް ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކަށް އެ ގައުމުގައި 2 މަސްދުވަހުގެ މުއްދަތަކަށް މަޑުކުރެވޭނެއެވެ. އަދި އިތުރަށް މަޑުކުރަން ބޭނުންވާނަމަމަސްދުވަހުގެ މުއްދަތު ދިގުކުރުމަށް އެއް ފުރުސަތު ލިބިގެންދާނެއެވެ.

ތައިލެންޑް ސަރުކާރުން ހާމަކުރާގޮތުގައި މިގޮތަށް ނިންމީ ގަވާއިދާ ހިލާފަށް އެ ގައުމަށް ވަންނަ މީހުން ހުއްޓުވުމަށްޓަކައެވެ.

އީޓީއޭ ހޯދަން ބޭނުންވާ ފަރާތްތަކުން ތައިލެންޑުގެ އޮފިޝަލް އީ-ވިސާ ޕޯޓަލުން ހިލޭ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިކަމާ ގުޅިގެން ދިވެހިންނަށް ދިމާވެދާނެ ދަތިތަކާ ބެހޭގޮތުން ސުވާލުކުރަން ފޮރިން މިނިސްޓްރީއާއި ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، ޖަވާބެއް ނުލިބުނެއެވެ.

tel:+9607331319