logo

ޕްރެޝަރ ބޮޑުވެ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާއަށްދާން ނަތަންޔާޙޫ އެއްބަސްވެއްޖެ

profile

ސައިފް އަޒުހަރު - 18 ފެބްރުއަރީ 2025 - 09:08

ޕްރެޝަރ ބޮޑުވެ، ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދެވަނަ ފިޔަވައްސަށް ދިއުމުގެ މަޝްވަރާއަށްދާން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެންމެފަހުން އެއްބަސްވެއްޖެއެވެ.

https://wamco.com.mv/

އެގޮތުން، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދެވަނަ ފިޔަވައްސަށް ދިއުމުގެ މަޝްވަރާއަށް އިސްރާއީލުގެ ވަފުދެއް މިސްރަށް ފޮނުވަން ނަތަންޔާހޫ މިހާރުވަނީ ނިންމާފައެވެ.

ނަތަންޔާހޫ މިގޮތަށް ނިންމީ، އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ އިހަށްދުވަހު އިސްރާއީލަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި އެކަމުގެ ޕްރެޝަރވެސް ކުރެއްވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެކަމަކު، އިސްރާއީލުގެ އެތެރޭގައި ދަނީ. ދެވަނަ ފިޔަމައްސަށް ނުދިއުމަށް އަޑުގަދަކޮށް ވާހަކަ ދައްކަމުންނެވެ. އިސްރާއީލުގެ ހަރުކަށި ފަރާތްތަކުން ގެންދަނީ ދެވަނަ ފިޔަވައްސަށް ނުދިއުމަށް ގޮވާލަމުންނެވެ.

އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުގެ ބައްދަލުވުމެއް ރޭގައި ބާއްވައި ފުންކޮށް މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، ކުރިއަށްދާނެ ގޮތެއް ނުނިންމޭ ކަމަށް ވެއެވެ.

ހަމަލާތައް ހުއްޓާލަން އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ނިމޭނީ ކުރިއަށްއޮތް މާޗްމަހުގެ ފުރަތަމަ ދުވަހުއެވެ.

އެކަމަކު، ދެވަނަ ފިޔަވައްސަށް ދިއުމުގެ ބަދަލުގައި ނަތަންޔާހޫ ބޭނުންވަނީ މިހާރު ކުރިއަށްދާ ފުރަތަމަ ފިޔަވަހި ދަންމާލަން ކަމަށް އިސްރާއީލުގެ މީޑިއާއިން ކުރިން ރިޕޯޓްކޮށްފައި ވެއެވެ. އަދި ނަތަންޔާހޫ މިހާރުވެސް ބޭނުންވަނީ އެގޮތް ކަމަށް ބުނެއެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން 3 ފިޔަވައްސަކަށް ބަހާލާފައި ވާއިރު، ދެވަނަ ފިޔަވަހީގައި ކުރާނެ ކަންކަންވެސް ކަނޑައަޅަން ޖެހެނީ މަޝްވަރާ ކޮށްގެންނެވެ.

އެކަމަކު، ފުރަތަމަ ފިޔަވަހީގައިވެސް އެއްބަސްވުމާ ޚިލާފް އެތައްކަމެއް އިސްރާއީލުން ކުރަމުން ގެންދާއިރު، ނަތަންޔާހޫއާއި އޭނާގެ ހަރުކަށި ސަރުކާރުގެ ވެރިން މިހާރުވެސް ބޭނުންވަނީ އަލުން ހަނގުރާމަ ފެށުމަށެވެ.

އެއްބަސްވުމުގައި ހަމާސްއިން ކުރުމަށް ކަނޑައަޅާފައިވާ ހުރިހާ ކަމެއް ހަމާސްއިން ކުރަމުން ގެންދާއިރު، އިސްރާއީލުން ކުރުމަށް ވައުދުވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އިންސާނީ އެތައް އެހީގެ ސާމާނެއް ޣައްޒާއަށް އެތެރެކުރަން އަދިވެސް ގެންދަނީ ހުރަސްއަޅަމުންނެވެ.

ނުވިތާކަށް، ހަނގުރާމަމަތީ ޖެޓުތައް ޣައްޒާގެ ތެރޭގައި އުދުއްސައި، ޑްރޯން އުދުއްސައި އަދި ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެ ހަމަލާދީ މީހުން ޝަހީދުކުރަމުންވެސް ގެންދެއެވެ.

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު ވެފައިވާ އެއްބަސްވުމާމެދު އިސްރާއީލު ބޭނުންވާ ގޮތަކަށް އަމަލު ކުރެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވީނަމަވެސް، ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ ރަހީނުންގެ އާއިލާތަކާއި، އިސްރާއީލު އާންމުންގެ ޕްރެޝަރާހެދި ނަތަންޔާހޫއަށް ބޭނުންހާ ގޮތަކަށް ކަންކަން އަދި ކުރެވޭގޮތެއް ނުވަނީއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay