ޣައްޒާއަަށް ވަނީ ނާމާންކަމާއި ބިރުވެރިކަން ވެރިވެފައި - ރިޕޯޓް
އަހުމަދު ޒަލީފު - 13 މޭ 2023 - 15:12
—
ވަށާލާފައިވާ ޣައްޒާއަށް އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުންދާ ޢުދުވާނީ ހަމަލާތައް ހަތަރުވަނަ ދުވަހަކަށް ދިގުދެމިގެން ގޮސްފައިވާއިރު، އެ ހަމަލާތަކުގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ މެޑިކަލް އޮފިޝަލުންވަނީ ބުނެފައެވެ.
އިސްރާއީލުން ބުނި ގޮތުގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިސްލާމިކް ޖިހާދުން ދިން ހަމަލާތަކުގައި އިސްރާއީލްގެ އެކަކު ވަނީ މަރާލައިފައެވެ. އިސްރާއީލުން ސިފަ ކުރާ ގޮތުގައި ފަލަސްތީނުގައި ހަރަކާތްތެރިވަމުން އަންނަނީ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާއަތެކެވެ.
އިސްލާމިކް ޖިހާދުގެ މުޖާހިދުން ދިން ހަމަލާތަކުގައި ޒަހަމްވި މީހުންގެ ތެރެއިން 20 މީހެއްގެ ހަށިގަނޑުގެ އެކިއެކި ގުނަވަންތަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި ބިއްލޫރި ހެރިގެން ބައެއް މީހުން ޒަހަމްވެ، ފަރުވާ ދޭން ޖެހިފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.
އަދި 16 މީހަކަށް ވަރަށް ކުދިކުދި އަނިޔާވެފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.
އިސްރާއީލް ސިފައިން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ވައިގެ މަގުން ހަމަލާތައް ދެމުން އަންނަ އިރު، މި ހަމަލާތަކުގައި ފަލަސްތީނުގެ 33 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.
އޭގެ ތެރޭގައި ފަލަސްތީންގެ ކުށެއް ނެތް ބައެއް އާންމުންނާއި އިސްލާމިކް ޖިހާދުގެ ކޮމާންޑަރުންތަކެއް ވެސް ހިމެނެއެވެ. އަދި މި ހަމަލާތަކުގައި 100 އަށް ވުރެ ގިނަ ފަލަސްތީން މީހުންނަށް ވަނީ އަނިޔާވެފައެވެ.
ޣައްޒާގެ ރައްޔިތަކު ވަނީ އިޒްރޭލުގެ މިސައިލް ހަމަލާ އޭނާގެ ގެއަށް އެރުމުގެ ވަގުތުކޮޅެއް ކުރިން ކަންހިގިގޮތް މީޑިއާއަށް ކިޔައިދީފައެވެ.
"ގޭގައި އާދައިގެ މަތިން އިށީނދެލައިގެން އާއިލާއާއި އެކު ތިއްބައި، ކުއްލިއަކަށް، ގެ ހުސްކުރަން ނޯޓިފިކޭޝަން ލިބުނީ، އަހަންނަށް ނޭނގެ މިއުޅެނީ ކީއްވެގެން ކަމެއް،" އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އެ އަންހެން މީހާ ކިޔައިދިނެވެ.
"އަހަރެންގެ ފިރިހެން ދަރިންގެ އަނބިންނާއި ދައްތަދަރިންނާއި އަހަރެން އަވަސްވެގަތީ ހުރިހާ އެއްޗެއް ދޫކޮށްލާފައި ގެއިން ނުކުމެގެންދާން، ސްކާފަކުން ބޮލުގެ އިސްތަށިގަނޑު ބޯ ނިވާކޮށްލުން ނޫން އެހެން ކަމެއް ކޮށްލެވޭނެ ވަގުތެއް ނުލިބުނު" އެމީހާ އަސަރާއެކު ކިޔައިދިނެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން