logo

ޣައްޒާ އިން އިސްރާއީލަށް އިތުރު ހަތިޔާރު އެތެރެކޮށްފި

profile

އަހުމަދު ޒަލީފު - 08 އޮކްޓޯބަރު 2023 - 12:16

—

ހަމާސްއިން މިހާރު އިސްރާއިލާ ދެކޮޅަށް ކުރަމުން ގެންދާ ވަރުގަދަ ހަނގުރާމައިގައި އިސްރާއިލްގެ އެތެރޭގެ ސަރަހައްދުތަކަށް އިތުރު ހަތިޔާރު ފޮނުވައިފިއެވެ. މިއީ އިސްރާއީލާ ދެކޮޅަށް ފަލަސްތީންގެ ހަމާސް ޖަމާއަތުގެ މުޖާހިދުން ފަށާފައިވާ އޮޕަރޭޝަނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެކެވެ.

https://wamco.com.mv/

ހަމާސްގެ ތަރުޖަމާނު ވިދާޅުވީ އިސްރާއިލުގެ އެތެރޭގެ ސަރަހައްދުތަކުގައި މިހާރު ހަނގުރާމަ ކުރަމުންދާ ހަމާސްގެ މުުޖާހިދުންނަަށް މިހާރު އިތުރު ހަތިޔާރުތައް ފޮނުވާފައިވާ ކަމަށެވެ.

ހަމާސްއިން ބުނީ ރޭ އަދި މިއަދު ހެނދުނު ހަމާސްގެ މުޖާހިދުން އިސްރާއިލުގެ އެތެރޭގެ ސަރަހައްދުތަކަށް ކާމިޔާބުކަމާއެކު ވެދެގެންފައިވާ ކަމަށެވެ.

އެގޮތުން އިސްރާއިލުގެ ސުފާ، ހޮލީތު އަދި ޔަތޭދު ސަރަައްދުތަކުގައި ހުންނަ ކިބޫޒް ކޮމިއުނިޓީ ތެރެއަށް ވަދެގެންފައިވާ ކަމަށް ހަމާސް އިން ބުންޏެވެ.

ހަމާސްއިން މިހާރު ދޭން ފަށައިފައިވާ ހަމަލާތަކުގައި އިސްރާއިލުގެ 350 މީހުން ވަނީ މަރާލައިފައެވެ. އަދި 7000 އަށް ވުރެ ގިނަ ރޮކެޓް ވަނީ އިސްރާއިލަށް ފޮނުވާލައި މިއިން ޒަމާނަކުވެސް ނުދޭ ވަރުގެ ހަމަލާތައް ދީފައެވެ.

އެ ހަމަލާތަކާ ގުޅިގެން އިސްރާއިލަށް ޝޮކެއް ލިބިފައިވާ އިރު ޣައްޒާ ފުނޑާލާނެކަމުގެ އިންޒާރު އިސްރާއިލުން މިހާރު ވަނީ ދީފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay