
ފިނޭންސް މިނިސްޓްރީ
ހުސްވި މަހު ގްރީން ފަންޑަށް 1.5 ބިލިއަން ރުފިޔާ ޖަމާކޮށްފި

މުޙައްމަދު ފަޟްލޫން - 16 ނޮވެމްބަރު 2026 - 11:15
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތުގެ ގްރީން ފަންޑަށް 1.5 ބިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށާއި، އެއާއެކު ފަންޑުގައި ހުރި ޖުމްލަ ފައިސާގެ އަދަދު 4.9 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސްގެ ހިސާބުތަކުން ދައްކައިފިއެވެ.
ފައިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ގްރީން ފަންޑުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އަހަރު ފެށުނުއިރު އެ ފަންޑުގައި ބާކީ ހުރީ 3.5 ބިލިއަން ރުފިޔާއެވެ. ނަމަވެސް، ފާއިތުވި 8 މަސްދުވަހުގެ ތެރޭގައި ލިބުނު އާމްދަނީއާއެކު ފަންޑު ވަނީ އިތުރަށް ބޮޑުތަނުން ފުޅާވެފައެވެ.
އޮގަސްޓް މަހުގެ ނިޔަލަށް 1.5 ބިލިއަން ރުފިޔާ ފަންޑަށް ޖަމާވެފައިވާއިރު، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން ސަރުކާރުން ހިންގި އެކިއެކި މަޝްރޫޢުތަކަށް އެ ފަންޑުން ވަނީ 192.9 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އޭގެ ތެރޭގައި ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމާއި، ކުނި މެނޭޖުކުރުމުގެ މަޝްރޫއުތަކުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މުހިއްމު މަސައްކަތްތައް ހިމެނެއެވެ.
ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށާއި ތިމާވެށްޓާ ރައްޓެހި ދެމެހެއްޓެނިވި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މާތް މަގްސަދުގައި ގްރީން ޓެކްސް ރާއްޖެއަށް ތަޢާރަފުކޮށް، ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.
ގްރީން ޓެކްސްއަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީ ފަދަ ޓޫރިސްޓް އުޅަނދުފަހަރުގައި ޗުއްޓީ ހޭދަކުރާ ބޭރުގެ ފަތުރުވެރިންގެ އަތުން ޤާނޫނުގައި ކަނޑައެޅިފައިވާ ވަކި އުޞޫލަކުން ނަގަމުން އަންނަ ޓެކްސްއެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނާތީ، ގްރީން ފަންޑަށް ލިބޭ އާމްދަނީ ވެސް ދަނީ އިތުރުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫ އެމްބިއުލާންސް ކޮމްޕްލެކްސް ޢިމާރާތްކުރުން ބަޔަކާ ހަވާލުކޮށްފި
11 ގަޑިއިރު ކުރިން

ޕާސްޕޯޓް ނިމިފައިވާނަމަ ލަސްނުކޮށް ހަވާލްވާން އިމިގްރޭޝަނުން އެދިއްޖެ
11 ގަޑިއިރު ކުރިން
.webp&w=3840&q=75)
ރިއަލް އެސްޓޭޓް ބިލުގައި ބިމުގެ މުއްދަތު އޮތް ގޮތަށް ޒަރިޔަންދު ފާޑުވިދާޅުވެއްޖެ
11 ގަޑިއިރު ކުރިން

ރަސްމާލެ ވިއްކުމާ ދެކޮޅަށް އެމްޑީޕީން ނުކުންނަންޖެހޭ: މީކާއިލް
13 ގަޑިއިރު ކުރިން


