
ހުޅުމާލޭގައި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރަން ފަށައިފި

މުޙައްމަދު ފަޟްލޫން - 16 އޮކްޓޯބަރު 2025 - 13:14
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ފުލުހުންނެވެ.
މި މަސައްކަތުގެ ތެރެއިން 716 އުޅަނދު ދެނެގަނެވިފައިވެއެވެ.
މީގެ ތެރޭގައި ހިމެނެނީ ކާރާއި ސައިކަލުގެ އިތުރުން ޕިކަޕް އަދި ވޭންއެވެ. މި މައުލޫމާތު މިހާރުވަނީ ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައެވެ.
މި މަސައްކަތަކީ ފުލުހުންނާއި، އެޗްޑީސީއާއި، ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން، ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމާއި މަގުތަކަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ
ފުލުހުން ވަނީ މީގެ ކުރިން މާލޭގައި ބޭނުން ނުކޮށް ހުރި އެއްގަމު އޫލަނދުތަކުގެ މައުލޫމާތު އެއްކޮށްފައެވެ.
މާލޭގެ ޓްރެފިކް ފްލޯ ހަމައަކަށް އަޅުވައި މަގުތަކުގައި ތޮއްޖެހޭ މައްސަލަތައް ކުޑަކުރުމަށްޓަކައި ފުލުހުން ދަނީ ދުވަސްވީ ވެހިކަލްތައް މާލޭގެ މަގުމަތިން ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން