logo

ޖޫން މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބިއްޖެ

profile

މުޙައްމަދު ފަޟްލޫން - 22 އޯގަސްޓު 2025 - 12:41

ޖޫން މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

https://wamco.com.mv/

ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޖޫންމަހުގައި ދައުލަތުގެ އާމްދަނީ ވަނީ ހުސްވި އަހަރުގެ ޖޫން މަހާއި އަޅާ ބަލާއިރު 20.8 އިންސައްތަ އިތުރުވެފައެވެ.

2024 ވަނަ އަހަރުގެ ޖޫން މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ.

ޖޫންމަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ.

ޖޫންމަހު ޓެކްސްގެ ގޮތުގައި ދަޢުލަތަށް 2.1 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫންމަހު ޓެކްސްގެ ގޮތުގައި ދަޢުލަތަށް ލިބުނު 1.8 ބިލިޔަން ރުފިޔާގެ އާމްދަނީއާއި އަޅާބަލާއިރު 16.6 އިންސައްތަ އިތުރު އަދަދެކެވެ.

ޖޫން މަހު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދަޢުލަަތަށް 844 މިލިޔަން ރުފިޔާ ލިބިފައިވާއިރު، 2024ވަނަ އަހަރުގެ ޖޫން މަހު މި އަދަދު ހުރީ 622 މިލިޔަން ރުފިޔާގައެވެ. އެހެންކަމުން މިއީ 35.7 އިންސައްްތަ އިތުރު އަދަދެކެވެ.

ޖޫން މަހު ހިލޭ އެހީގެ ގޮތުގައި ދަޢުލަތަށް 42.5 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

މިއީ 2024ވަނަ އަހަރުގެ ޖޫން މަހު ދަޢުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު 16.9 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 151.5 އިންސައްތަ އިތުރު އަދަދެކެވެ.

އާމްދަނީގެ އިތުރުވުމާއެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް މިދިޔަ ޖޫން މަހު ވަނީ އިތުރުވެފައެވެ.

މިއަހަރުގެ ޖޫން މަހު އެސްޑީއެފް ފަންޑަށް 143 މިލިޔަން ރުފިޔާ ޖަމާކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު މި ފަންޑަށް ޖަމާކުރި 93 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 53.8 އިންސައްތަ އިތުރު އަދަދެކެވެ.

ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް ޖޫން މަހުގެ ތެރޭގައިވަނީ އިތުރުވެފައެވެ.

މިއަހަރުގެ ޖޫންމަހު ދަޢުލަތުގެ ބަޖެޓުން 2.7 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ 2024ވަނަ އަހަރުގެ ޖޫން މަހު ދަޢުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 3.6 އިންސައްތަ އިތުރު އަދަދެކެވެ.

ދަޢުލަތުގެ ރިކަރަންޓް ޚަރަދަށް 2.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި 462 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދުވަހެއް ދުވަހަށް ރަނގަޅުވަމުންދާއިރު، މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެއަށް އިންވެސްޓްކުރަން ތިބި ފަރާތްތަކުގެ އިތުބާރު ބޮޑުވެގެންދާނެއެވެ.

https://etukuri.mv/
https://www.aslu.com.mv