.jpg&w=3840&q=75)
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް، އަމްޖަދު މުސްތަފާ އައްޔަނުކޮށްފި

މުޙައްމަދު ފަޟްލޫން - 21 ޖުލައި 2026 - 08:23
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، މ.ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުސްތަފާ ޢައްޔަންކުރައްވައިފިއެވެ.
އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ.
އަލްއުސްތާޛު އަމްޖަދު މުޞްޠަފާއަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ވަނީ ޝަރީޢާއިން ލޯ އިން ބެޗްލަރސް ޑިގްރީއާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލްކުރައްވާފައެވެ.
އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އަކީ ޤާނޫނީ ދާއިރާއިންނާއި ޢާންމު ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ކުރައްވާފައިވާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ވަނީ، 2020 ވަނަ އަހަރުވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިއީ ހަރަދުކުޑަކޮށް ކަމަރުބަނދެ މުއްބާރުކުރަންވީ ވަގުތު: ރައީސް ނަޝީދު
7 ގަޑިއިރު ކުރިން

ރާއްޖޭގެ ވެރިއަކަށް ހުންނަ މީހަކު ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭންޖެހޭ: ރައީސް ނަޝީދު
8 ގަޑިއިރު ކުރިން

ބްރިޖާއި ހައިވޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް
8 ގަޑިއިރު ކުރިން

ހިމަބިހި ޖެހޭ މީހުންގެ އަދަދު މަދެއް ނުވޭ، ބަލި ޖެހުނު މީހުންގެ އަދަދު 166 އަށް
8 ގަޑިއިރު ކުރިން


.gif&w=3840&q=75)