
އެކުވެރި ކަމަކީ ގަދަފަދަ ބާރެއް، އީދުގައި އެކުވެރިވާން ނައިބު ރައީސް ގޮވާލައްވައިފި

މުޙައްމަދު ފަޟްލޫން - 27 މޭ 2026 - 05:22
އެކުވެރި ކަމަކީ ގަދަފަދަ ބާރެއް ކަމަށާއި މި އީދުގައި އެކަކު އަނެކަކަށް ހެޔޮ އެދޭގޮތުން މަތިވެރި އަމާން ސަލާމަކުން ސަލާމް ކޮށްލުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.
އަޞްހާ އީދުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓްގައި ނައިބު ރައީސް ވަނީ ހައްޖުގެ މަތިވެރި ދުވަހު ލިބޭ ފިލާވަޅުތަކުން ހެޔޮކަން ލިބިގަނެ ހެޔޮކަން ލިބިގަތުމަށް ދިވެހިންނަށް ގޮވާލައްވާފައެވެ.
މިއަދު ފާހަގަކުރަމުންދާ އަޟްހާ އީދުގައި އެކުވެރި އަދި ބާރުވެރި ބަޔަކަށް ވާން ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ.
އިއްޔެގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިއާދަކުރުމުގެ ގޮތުން އެކަކު އަނެކަކަށް ހެޔޮއެދި މަތިވެރި އަމާން ސަލާމަކުން ސަލާމަކުން އިސްލާމީ ސަލާމުން ސަލާމް ކުރުމަށް ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ.
އެކުވެރިކަމަކީ ގަދަފަދަ ބާރެއް ކަމަށްވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
އަޟްހާ އީދަކީ ހައްޖުގެ މަތިވެރި އަޅުކަމަށްފަހު މުސްލިމުން ފާހަގަކުރާ މުނާސަބަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

އަމާޒަކީ އެމްޑީޕީއަށް 1 ލައްކަ މެމްބަރުން އިތުރުކުރުން: ރައީސް ނަޝީދު
8 ގަޑިއިރު ކުރިން

މިއަހަރުގެ މިހާތަނަށް އެސްޑީއެފްއަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފި
8 ގަޑިއިރު ކުރިން

ޝަހްޒާން ދޫކޮށްލައިފި
9 ގަޑިއިރު ކުރިން

ލ. ގަމުގައި ކަރަންޓު ޖެހި ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް، އިތުރު ފަރުވާއަށް މާލެ ގެންނަނީ
10 ގަޑިއިރު ކުރިން


.gif&w=3840&q=75)