logo

ހުޅުމާލޭ ފަޅުތެރެއަށް އެރި އުޅުނު ދިވެއްސަކު ގެއްލިގެން ހޯދަނީ

profile

ރިޟްވާން މޫސާ - 21 މޭ 2026 - 20:01

ހުޅުމާލޭ ފަޅު ތެރެއަށް ފޭބި ދިވެއްސަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

https://wamco.com.mv/

ފުލުހުން ބުނީ މިއަދު އިރުއޮއްސި 18:30 ހާއިރު ހުޅުމާލެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނެއް ގެއްލިގެން ހޯދަމުންދާކަމަށެވެ.

މެރިން ފުލުހުންނާއި ކޯސްޓްގާޑު ގުޅިގެން، އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާ ހޯދުމުގެ މަސައްކަތް ކުރުމަށް އެމްއެންޑީއެފްގެ ހާއްސަ ޓީމަކުން މިވަގުތުވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.

ދާދި ފަހަކުން ވަނީ ގދ ވާދޫ ކައިރިން ސަފާރީ އަކުން ފޭބި ފަތުރުވެރިއެއް ގެނބިގެން ނިޔާވެފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk