logo

މުޒާހަރާގެ ތެރެއިން ޝަހުޒާންގެ ކޮށްކޮ އާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފި

profile

ރިޟްވާން މޫސާ - 21 މޭ 2026 - 20:00

ނޫސްވެރިންނާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ގޮވާލައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭ އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާންގެ ކޮށްކޮ އާއި އިތުރު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

https://wamco.com.mv/

އަދަދު ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ވަނީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ހައްޔަރުކޮށްފަ އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން މިރޭ ވެސް ވަނީ ނޫސްވެރިންނާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ގޮވާލާފަ އެވެ.

ސިލްސިލާކޮށް ކޮންމެ ރެއަކު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މިރޭގެ މުޒާހަރާގައި ހައްޔަރުކޮށްފައި ވަނީ އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާންގެ ކޮއްކޮ، އިބްރާހިމް ފައުޒާން (ބޮބް) އާއި، އެމްޑީޕީގެ ގެ ގައުމީ މަޖިލީހުގައި ވިލިނގިލި ދާއިރާ ތަމްސީލުކުރައްވާ ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަންގެ އިތުރުން ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ކުރީ ސަފުން ފެންނަ ހަލީމަތު ޒުހައިރާ އެވެ.

މިރޭ ވެސް މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްގެން ގިނަ އަދަދެއްގެ ފުލުހުން ނުކުމެ މުޒާހަރާ ރޫޅާލާފަ އެވެ.

މި ތިން މީހުން މިރޭ ހައްޔަރުކޮށްފައިވާއިރު މިވަގުތުވެސް މީގެ ކުރިން މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާ ތިން މީހަކު އެބަތިއްބެވެ. އެ ތިން މީހުންނަކީ ޝަމްއޫން ޖަލީލު (ލޫކަސް) އާއި، އެމްޑީޕީގެ ސަޕޯޓަރުން ކަމަށްވާ މުހައްމަދު ޝާމިން އާއި އަލީ މުޝައްފައު އެވެ.

މި ތިން މީހުންގެ ތެރެއިން ލޫކަސް ޖަލީލް ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ. އަނެއް ދެ މީހުންނަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk