logo
އާސެނަލް އާއި ނިއުކާސަލް ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން...

އާސެނަލް އާއި ނިއުކާސަލް ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން...

ނިއުކާސަލް އަތުން މޮޅުވެ އާސެނަލް އިން ލީގުގެ ދެވަނަ ކަށަވަރުކޮށްފި

profile

ހަސަން ޝަމްއޫން - 18 މޭ 2025 - 20:56

އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް އާސެނަލް އިން ލީގު ތާވަލުގެ ދެވަނަ މަގާމު ކަށަވަރުކޮށްފިއެވެ.

https://wamco.com.mv/

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ޗެންޕިއަން ލިވަޕޫލާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ލީގުގައި ނިއުކާސަލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއުކާސަލް ޔުނައިޓެޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި އާސެނަލްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޑިކްލަން ރައިސް އެވެ. މިއީ އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 37 މެޗުން އާސެނަލްއަށް 71 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ނިއުކާސަލް އިން ލީގުގައި ކުޅުނު 37 މެޗުން އެޓީމަށް 66 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ ތިންވަނައިގައެވެ.

ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، އަމިއްލަ ދަނޑުގައި ސައުތުހެމްޓަން އަތުން 2-0 ގެ ނަތީޖާއަކުން އެވަޓަން މޮޅުވިއިރު، ފޮރެސްޓުން ވަނީ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ވެސްޓްހަމް ބަލިކޮށްފައެވެ. އަދި ރަށުން ބޭރުގައި ބްރެންޓްފޯޑް އަތުން 3-2 ގެ ނަތީޖާއަކުން ފުލަމް މޮޅުވިއިރު، ލެސްޓާ ސިޓީއިން ވަނީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އިޕްސްވިޗް ބަލިކޮށްފައެވެ

https://wamco.com.mv/
https://www.aslu.com.mv