logo
IMG_4653.jpeg

IMG_4653.jpeg

ޗެލްސީ ބަލިކޮށް އާސަނަލް ވަގުތީ ގޮތުން ތާވަލުގެ އެއްވަނަ އަށް!

profile

އަހުމަދު ލައްމާހު އަޒީޒު - 03 މޭ 2023 - 06:42

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ވަނީ އަމިއްލަ ދަނޑުގައި ރޭ 3-1 އިން ޗެލްސީ ބަލިކޮށް ، ވަގުތީގޮތުން ލީގުގެ އެއްވަނައަށް އަރާފައެވެ.

https://wamco.com.mv/

އާސަނަލް އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި، ފުރަތަމަ ހާފުގައި މެޗުގެ ލީޑުނަގާ ކުރިހޯދީވެސް އާސަނަލް އިންނަެވެ. ފުރަތަމަ ގޯލް 18 ވަނަ މިނިޓުގައި ޖަހައިދިނީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. އަދި 31 ވަނަ މިނިޓުގައި ދެވަނަ ގޯލު ވެސް ޖަހައިދިނީ އޮޑެގާޑް އެވެ.

އާސެނަލްގެ ތިންވަނަ ފުރަތަަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސަސް އެވެ.

ދެވަނަ ހާފުގައި ޗެލްސީން ބަދަލުތަކެއް ގެނެސް އެޓީމުގެ ކުޅުން ރަގަޅުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ނޯނީ މަޑޫކް އެވެ.

މިރޭގެ މެޗާއެކު ކުޅުނު 34 މެޗުން އާސެނަލް އަަށް 78 ޕޮއިންޓް ލިބިފައިވާއިރު، މިރޭގެ މެޗުން ބަލިވި ޗެލްސީ 33 މެޗު ކުޅެގެން އެޓީމަށް ލިބުނު 39 ޕޮއިންޓާއެކު ޗެލްސީ އޮތީ ލީގު ތާވަލުގެ 12 ވަނަާގައެވެ.

https://etukuri.mv/
https://www.aslu.com.mv