logo

އައްޑޫ ޢީދި ސަމާ 1446: އިންޑިއާގެ ތަރި އަނުޝްކާގެ ހުށަހެޅުންތައް ފެނިގެންދާނެ!

profile

ޒިދާން މުޙައްމަދު - 31 މޭ 2025 - 06:40

"އައްޑޫ ޢީދި ސަމާ 1446"ގެ އިވެންޓްތަކުގެ ތެރެއިން އައްޑޫ ހިތަދޫގައި ބާއްވަން ހަމަޖެހިފައިވާ މިއުޒިކް ޝޯވގައި ޕަފޯމްކުރަން އިންޑިއާގެ ފަންނާނެ ކަމަށްވާ އަނުޝްކާ ބެނާޖީ އަންނާނެކަން އިއުލާންކޮށްފިއެވެ.

https://wamco.com.mv/

އަނުޝްކާއަކީ 2020 ގައި ސޮނީ ޓީވީން ގެނެސްދިން 12 ވަނަ "އިންޑިއަން އައިޑޮލް"އިން ފާހަގަކޮށްލެވުނި ތަރިއެކެވެ. އޭނާވަނީ "އިންޑިއަން އައިޑޮލް"ގައި ގަދަ 12ގައި ހިމެނިފައެވެ.

އޭނާގެ ހުށަހެޅުންތަކަށް "އިންޑިއަން އައިޑޮލް"ގައި ބޮޑު ތަރުހީބެއް ލިބުމާއެކު ޖަޖުންނާއި ބެލުންތެރިންގެ ތައުރީފު ވެސް ލިބުނެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ މުބާރާތުގައި "ގޯލްޑަން މައިކް" އަނުޝްކާއަށް ލިބިފައިވުމަކީ އޭނާގެ ލަވަކިޔުމުގެ ހުނަރު ރަމުޒުކޮށްދޭ ކަމެކެވެ.

އިންޑިއަން އައިޑޮލްގެ އިތުރުން އަނުޝްކާ ވަނީ އޭނާގެ މިއުޒިކީ ހުނަރު އެހެން މުބާރާތްތަކުގައި ވެސް ދައްކާލައިފައެވެ.

ޒީ ޓީވީގެ "ސާ ރޭ ގާ މާ ޕާ" ގައި 2018 ވަނަ އަހަރު އޭނާ ބައިވެރިވި އިރު، އެ ޝޯގައި އޭނާ ވަނީ ގަދަ 13 ބައިވެރިންގެ ތެރޭގައި ހިމެނިފައެވެ.

މީގެ އިތުރުން 93.5 ރެޑް އެފްއެމް "ކޮލެޖް ކޭ ތަޝަންބާޒް" މުބާރާތް ކާމިޔާބުކޮށް އޯލް އިންޑިއާ އިންޓަސްޓޭޓް ޔުނިވާސިޓީ ޔޫތު ފެސްޓްގައި ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވެއެވެ.

"އައްޑޫ ޢީދި ސަމާ 1446"ގެ ދުންމާރި ޝޯވގައި ޕަފޯމްކުރަން އިންޑިއާގެ ތަރި ރިޝީ ސިންގް ވެސް އަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރިޝީއަކީ 2023 ގައި ސޮނީ ޓީވީން ގެނެސްދިން 13 ވަނަ "އިންޑިއަން އައިޑޮލް"ގެ ޓައިޓަލް ވިނަރއެވެ. އެ ޝޯ ކާމިޔާބު ކުރުމަށް ފަހު، ރިޝީ މިހާތަނަށް ވަރަށް ގިނަ ޝޯވތައް ދީފައިވެއެވެ.

އޭގެ ތެރޭގައި އިންޑިއާގެ އެކި ސްޓޭޓްތަކާއި އެ ގައުމުން ބޭރުގައިވެސް އޭނާ އެތައް ޝޯވއެއްގައި ޕަފޯމްކޮށްފައިވެއެވެ.

މިފަންނާނުން ޕަފޯމްކުރުމަށް ހަމަޖެހިފައި ވަނީ ޖޫން 9 ވާ ހޯމަ ދުވަހުގެ ރޭ ހިތަދޫގައި ބާއްވާ "ދުންމާރި ޝޯވ"ގައެވެ. މިޝޯވ ފަށާނީ އެރޭ 20:00 ގައި ހިތަދޫ ސްޓޭޖް ސަރަހައްދުންނެވެ.

"އައްޑޫ ޢީދި ސަމާ 1446"ގެ މީޑިއާ ޕާޓްނަރަކީ އަސްލު ޓީވީއެވެ.

މިކަން އިޢުލާންކުރައްވާފައި ވަނީ، އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރުއެވެ.

މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލާއި މުވައްސަސާތައް އަދި ރައްޔިތުން ގުޅިގެން ކުރިއަށްގެންދާ އައްޑޫ ޢީދި ސަމާ 1446ގެ ކުޅިވަރުތަކާއި ހަރަކާތްތައް ދުރަށް ދައްކާނީ އަސްލު ޓީވީއިން ކަމަށެވެ.

މީޑިއާނެޓްގެ ޗެނަލް ނަމްބަރު 110 އަދި ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުން އަސްލު ޓީވީން ކޮންޓެންޓް ސްޓްރީމް ކުރަމުން އަންނައިރު، އައްޑޫ ސިޓީ މޭޔަރު ވިދާޅުވީ، އައްޑޫ ޢީދި ސަމާގެ ފޯރި މުޅި ރާއްޖެއަށް ދުރަށް ދެއްކުމަށް އަސްލު ޓީވީގެ ޓީމެއް އައްޑޫ ސިޓީއަށް ޒިޔާރަތްކުރާނެ ކަމަށެވެ.

އައްޑޫ ޢީދި ސަމާ 1446ގެ މީޑިއާ ޕާޓްނަރަކީ އަސްލު ޓީވީކަން ފާހަގަކުރައްވަމުން މޭޔަރު ނިޒާރު ވިދާޅުވީ، އަސްލު ޓީވީ މެދުވެރިކޮށް ވީހާވެސް ގިނަ ދިވެހީން އައްޑޫގެ ޢީދު ކުޅިވަރުތަކާއި ހަރަކާތްތައް ބަލާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި ޓީމުގައި އަސްލު ޓީވީގެ ނޫސްވެރިންނާއި ޕްރެޒެންޓަރުން، ކެމެރާމަނުން، ޓެކްނީޝިއަނުން، އޮންއެއަރ އޮޕަރޭޓަރުން އަދި ޕްރޮޑިއުސަރުންގެ ކްރޫއެއް ހިމެނޭނެއެވެ.

އައްޑޫ ސިޓީގައި ކުރިއަށްގެންދާ ޢީދުގެ ހަރަކާތްތަކުގެ މަންޒަރާއި އަޑުތައް ރެކޯޑްކޮށްގެންނާއި ވަގުތުން ދުރަށްދައްކައިގެން، މުޅި ރާއްޖެއަށް އަސްލު ޓީވީން ފޯރުކޮށްދޭނެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay