logo

ލިވަޕޫލާއި އާސެނަލް މެޗަށް ހަމަހަމަ ނިމުމެއް

profile

ހަފްސީ އަބްދުﷲ - 28 އޮކްޓޯބަރު 2024 - 02:16

ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނުމަށްފަހު ސަލާހު އުފާފާޅުކުރަނީ: ފޮޓޯ-ޕްރިމިއަރ ލީގު

ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނުމަށްފަހު ސަލާހު އުފާފާޅުކުރަނީ: ފޮޓޯ-ޕްރިމިއަރ ލީގު

އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް އާއި ލިވަޕޫލް އެއްވަރުވެ, އެއްވަނަ މަގާމްގައި ދެމި އޮތުމުގެ ފުރުޞަތު މެންޗެސްޓަރ ސިޓީއަށް ލިބިއްޖެ އެވެ.

https://wamco.com.mv/

އާސެނަލްގެ ދަނޑުގައި ދެޓީމް އެއްވަރުވީ 2-2 ނެވެ. މެޗުގައި ބުކަޔޯ ސަކާގެ ލަނޑުން ފުރަތަމަ ކުރި ހޯދީ އާސެނަލް އިންނެވެ. މެޗު ފަށައިގެން 8 ވަނަ މިނިޓްގަިއ ސަކާ ލަނޑު ޖެހީ ބެން ވައިޓް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. އެކަމަކު އޭގެ 9 މިނިޓް ފަހުން ލިވަޕޫލް ޑިފެންޑަރ ވެންޑައިކް ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. 18 ވަނަ މިނިޓްގައި ލިވަޕޫލް ކެޕްޓަން ނަތީޖާ ހަމަހަމަ ކޮށްދިނީ ލުއިސް ޑިއާޒް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. އެކަމަކު ހާފް ނިމުމުގެ ކުރިން އާސެނަލް އިން ދެވަނަ ފަހަރަށް ކުރި ހޯދީ އެވެ. އެއީ 43 ވަނަ މިނިޓްގައި މިކެލް މެރީނޯ ޖެހި ލަނޑުންނެވެ. ޑެލަން ރައިސް ނަގައިދިން ހިުލޭ ޖެހުން މެރީނޯ ގޯލަށް ފޮނުވާލީ ބޮލުން ޖަހައެވެ. ލިވަޕޫލުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 81 ވަނަ މިނިޓްގައި މުޙައްމަދު ސަލާހު ޖެހި ލަނޑުންނެވެ. އެއީ އަމިއްލަ އަށް ޖެހެން އޮތް ފުރުޞަތެއްގައި ޑާވިންގ ނޫނޭޒް ސަލާހުއަށް ދިން ބޯޅައަކުންނެވެ.

އަނިޔާގެ މައްސަލަތަކާއެކު އޮތް ދެޓީމްގެ ތެރެއިން އާސެނަލްގެ މުހިއްމު ދެ ކުޅުންތެރިއަކު ރޭގެ މެޗުގެ ދެވަނަ ހާފްގައިބެވެސް އަނިޔާގެ ސަބަބުން ބަދަލު ކުރަން ޖެހުނެވެ. އެއީ ޑިފެންޑަރ ގަބްރިއެލްއާއި, ޓިމްބަރ އެވެ. މެޗުން މޮޅުވެގެން އަލުން ލީގު ތާވަލްގެ އެއްވަނަ ލިވަޕޫލަށް ލިބެން އޮތަސް މެޗު އެއްވަރުވުމުން ޕޮއިންޓެއްގެ ލީޑަކާ އެކު އެއްވަނައިގައި އޮތީ މެންޗެސްޓަރ ސިޓީ އެވެ. އާސެނަލް އޮތީ 18 ޕޮއިންޓާއެކު ތިން ވަނާގައެވެ. ސިޓީ އެއްވަނާގައި އޮތީ 23 ޕޮއިންޓާއެކުއެވެ. ލިވަޕޫލް އޮތީ 22 ޕޮއިންޓާ އެކުއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay