އާސެނަލްއާ ދެކޮޅަށް ޖޮޓާ އަށް ނުކުޅެވޭނެ
ހަފްސީ އަބްދުﷲ - 26 އޮކްޓޯބަރު 2024 - 16:49
ޖޮޓާ މިސީޒަންގައި ލީގު މެޗެއްގެ ތެރެއިން: ފޮޓޯ--ޖޮޓާ ޓްވީޓަރ
އިނގިރޭސި ޕްރިމިއަރ ލީގުގައި މާދަމާރޭ އާސެނަލްއާ ދެކޮޅަށް ވެސް ފޯވާޑް ޖޮޓާ އަށް ނުކުޅެވޭނެ ކަމަށް ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފިއެވެ.
ޖޮޓާއަށް އަނިޔާވީ ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު ޗެލްސީ އަތުން މޮޅުވި މެޗުގައެވެ. އަނިޔާގެ ސަބަބުން މެޗު ފުރިހަމަ ނުކުރެވި ޕޯޗްގަލް ފޯވާދް ބަދަލުކުރިއެވެ. އޭގެފަހުން ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި އާރުބީ ލެއިޕްޒިގް އަތުން މޮޅުވި މެޗުގައިވެސް ޖޮޓާ ނުކުޅެއެވެ. އަލުން ލީގު ތާވަލްގެ އެއްވަނައަށް ޖެހިލަން މޮޅުވާން މަޖުބޫރު މެޗުގައި މާދަމާރޭ އާސެނަލްއާ ދެކޮޅަށް ޖޮޓާއަށް ނުކުޅެވޭނެ ކަން ކޯޗު ޔަގީންކޮށްދީފައިވާއިރު އަނިޔާގެ ލިސްޓްގައި މުހިއްމު އެހެން ކުޅުންތެރިންވެސް ހިމެނެއެވެ.
ވިންގަރ ފެޑެރީކޯ ޗިއޭސާ ވެސް ހުރީ އަނިޔާގައެވެ. މިސީޒަންގައި އާސެނަލްއާ ގުޅުނު ކުޅުންތެރިޔާ މިއަދު ޓީމާއެކު ފަރިތަކުރުންތަކަށް ނިކުތަސް އާސެނަލްއާ ދެކޮޅަށް ކުޅެވުމުގެ ފުރުޞަތު ކުޑައެވެ. އަދި ކަނާތު ބެކް ކޯނޯ ބްރެޑްލީ އަށް ވެސް އާސެނަލްއާ ދެކޮޅަށް ކުޅެވޭނެ ކަމަކަށް ނުބެލެވެއެވެ.
އެމީހުންގެ ހާލަތު ރަނގަޅު. އެކަމަކު މިހަފްތާ ބަންދުގެ މެޗުތަކަށް ކުޅެވޭވަރަކަށް ނޫން.
އެކަމަކު ކޯނޯ ބްރެޑްލީ އަށް ކުޅެވުމުގެ ކޮންމެވެސް ފުރުޞަތެއް އޮތް މޭރުމަކުން ކޯޗު ވާހަކަ ދެއްކިއެވެ. މީގެއިތުރުން އެއްވަނަ ކީޕަރު އެލިސަން ބެކާ ހުރީ އަނިޔާގައެވެ. އެލިސަން ބެކާއަށް އެނބުރި އާދެވޭނީ ނޮވެމްބަރު މަހުގެ އިންޓަރނޭޝަނަލް ބްރޭކަށް ފަހުއެވެ. އޭނާއަށް އަނިޔާވީ މިމަހުގެ 5 ވަނަ ދުވަހު އެވެ.
މެޗާ ކުޅޭގޮތުން ކޯޗު ސްލޮޓް ބުނީ ރަށުން ބޭރުގައި އްާސެނަލް އަދި ސިޓީ އަތުން މޮޅުވުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އާސެނަލްގެ ދަނޑުގައި އެޓީމާ ދެކޮޅަށް ލިވަޕޫލް ނިކުންނާނީ މާދަމާރޭ ރާއްޖެ ގަޑިން 9:30 ގައެވެ.