
އެންސިސް ގުދަނުގައި ރޯވުން: ދުމުގެ އަސަރުކޮށްގެން 3 ފުލުހަކަށް ދަނީ ފަރުވާދެމުން

އައިޝަތު އިނާޝާ - 11 ޖުލައި 2025 - 07:30
ހުޅުމާލޭ ފޭސް 1ގައި ހުންނަ އެންސިސްގެ ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އުޅުނު 3 ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދުމުގެ އަސަރުކޮށްގެން ރެއިން ފެށިގެން ފަރުވާދެމުންދަނީ ހުޅުމާލޭގައި މަަސައްކަތްކުރާ 3 ފުލުހަކަށް ކަމަށެވެ. އަދި އެމީހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގެ މަޢުލޫމާތު ރޭ (ޖުލައި 10 ދުވަހުގެރޭ) 18:48 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.
ގުދަނުގައި ރޯވެފައިހުރި އަލިފާންގަނޑު ކޮންޓްރޯލްކުރުމުގައި ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންގެ ފަރާތުންނާއި، މޯލްޑިވްސް އެއަރޕޯޓް ފަޔަރ އެންޑް ރެސްކިޔުގެ ފަޔަރފައިޓަރުންގެ ފަރާތުން އެހީތެރިކަން ވަނީ ލިބިފައެވެ.
މި ހާދިސާގައި ރޯވީ އެ ގުދަނުގެ ހަތަރުވަނަ ފަންގިފިލާގައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން