logo
ފޮޓޯ: އެމްއެންޔޫ --

ފޮޓޯ: އެމްއެންޔޫ --

އެމްއެންޔޫ ޖޮބް ފެސްޓިވަލް ފަށައިފި

profile

އައިޝަތު ޔާނިއާ - 28 މޭ 2023 - 09:12

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އިން ބުނެފައިވާގޮތުގައި އެހެން އަހަރު ތަކާއި ޚިލާފަށް މިއަހަރުގެ ޖޮބްފެސްޓިވަލަށް ވަނީ ހޫނު ތަރުހީބެއް ލިބިފައެވެ.

https://wamco.com.mv/

މިއަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކުގެ މަޢުލޫމާތުދީ، އެ ވަޒީފާތަކަށް މީހުން ހޯދުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. އަދި ރާއްޖޭގެ ވަޒީފާ އުފައްދާ ފަރާތް ތަކާއި ވަޒީފާ ދޭ ފަރާތް ތަކާއި އެކި ދާއިރާ ތަކުން ތަޢުލީމު ހާސިލް ކުރަމުން ދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވައިދޭން ކުރިއަށްގެންދާ ހަރަކާތެކެވެ.

ހޮނިހިރު ދުވަހު ފެށި މި ޖޮބް ފެސްޓިވަލް ގައި ވަނީ 32 ފަރާތަކުން ބައިވެރި ވެފައެވެ. އަދި މިއަދު ވެސް 16:00 އިން 22:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ތިންވަނަ ފްލޯގައި މި ފެސްޓިވަލް ކުރިއަށްދާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މާކެޓިން މެނޭޖަރ ސަހުދާ މޫސާ ވިދާޅުވީ، މިހަރަކާތް ބޭއްވުމުގެ މައިގަނޑު މަގްސަދެއް ކަމުގައި ވެފައި ވަނީ އެމްއެންޔޫއިން ދަސްވެނިވާ ދަރިވަރުންނަށް ހުރި ވަޒީފާގެ ފުރުޞަތުތައް އަންގައިދިނުމެވެ. ސަހުދާ ފާހަގަ ކުރައްވާފައި ވާ ގޮތުގައި މި ފެސްޓިވަލް ގެ ފުރަތަމަ ދުވަހު އެކަނިވެސް 1000 އަކަށް ވުރެ ގިނަ މީހުން މި ތަނަށް ޒިޔާރާތް ކޮސްފައި ވެއެވެ.

މި ފެސްޓިވަލްގައި 6000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތުތާއި އެކަމާއި ގުޅޭ މައުލޫމާތު ލިބެން ހުންނާނެކަމަށް ޤައުމީ ޔުނިވަރސިޓީން މައުލޫމާތުދެއްވައެވެ. މީގެ ތެރޭގައި ފަންނާ ސަޤާފަތުގެ ދާއިރާއާއި، ޔުޓިލިޓީ ކުންފުނިތަކާއި، ކަނޑު ދަތުރުފަތުރުގެ ދާއިރާއާއި އަދިވެސް ގިނަ ދާއިރާތަކެއްގައި ހަރަކާތްތެރިވާ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ

https://wamco.com.mv/
https://eportal.mwsc.com.mv/e-pay