ރައީސްގެ ރ އަތޮޅު ދަތުރުފުޅަކީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން ދަތުރުފުޅެއް: މިނިސްޓަރ ޝިޔާމް
މުޙައްމަދު ހަފީޒް - 25 ޖެނުއަރީ 2025 - 05:05
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅަކީ އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން ދަތުރުފުޅެއް ކަމަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެގައި މިނިސްޓަރ ވިދާޅުވީ، މިދަތުރުފުޅުވެސް ވެގެން މިދިޔައީ އެއަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަން ގެނުވި އަދި ރައްޔިތުންނަށް މުހިންމު ޚިދުމަތްތަކެއް ފެށިގެންދިޔަ ދަތުރުފުޅެއް ކަމަށެވެ. އަދި މިއީ އުއްމީދުތަކެއް ގެނުވި ތާރީޚީ ދަތުރުފުޅެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމު ވިދާޅުވީ ވާދަވެރިންނަށް މިއަދު އެންމެ އުނދަގޫވަނީ ރަައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައްޔިތުންނާ ގާތަށް ވަޑައިގަންނަވާ ވަޑައިގަތުން ކަމަށާއި، ވަކިން ޚާއްޞަކޮށް ރަށްރަށުގެ ކަޅުފަހުގައި ރައްޔިތުންނާއެކު ހޭދަކުރައްވާ އަގުހުރި ވަގުތުތަކުގެ ސަބަބުން ކަމަށެވެ.
ރައީސް ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، އެއަތޮޅުގެ 11 ރަށަކަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަތޮޅު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ވަނީ ބައްދަލުކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާއި، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުން ހުރި ޙަބަރުތައް
"ޕީއެޗްޑީ ބޭނުމިއްޔާ ޖެހެނީ ޝާހިދު އާ އިންނަން"
2 އަހަރު ކުރިން
އެމްޑީޕީގެ މުސްތަގުބަލާ ދޭތެރޭ ކަންބޮޑުވެ، ހިތާމަކުރަން- ޝިޔާމް
2 އަހަރު ކުރިން
ދިވެހިންނަށް ރައްކާތެރިކަން ދިނުމަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
2 އަހަރު ކުރިން
ސިޔާސީ މަޝްރަހުގަ ކުޅިބައި އެތުރޭ ގޮތުން އުއްމީދު އާލާވޭ - ޝިޔާމް
2 އަހަރު ކުރިން