logo
ޝާހިދު ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީދަތުރުފުޅުގެ ތެރެއިން

ޝާހިދު ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީދަތުރުފުޅުގެ ތެރެއިން

ޝާހިދު ލަންކާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވައިފި

profile

އަހުމަދު ޒަލީފު - 04 ފެބްރުއަރީ 2023 - 13:56

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްރީލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއާ ބައްދަލު ކުރައްވައިފިއެވެ.

https://wamco.com.mv/

މީގެ އިތުރުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ލަންކާގެ ކުރީގެ ބޮޑު ވަޒީރު މަހިންދަރާޖަ ޕަކްސާއާވެސްބައްދަލުކުރައްވައިފިއެވެ.

It was an honour to meet with my dear colleague, Foreign Minister of #SriLanka @alisabrypc

Thanked him & the govt. of #Srilanka for the invitation
⁰Exchanged views on issues of mutual interest and on ways to further strengthen our historically strong relationship@MFA_SriLanka pic.twitter.com/nyPoKUxjfI

— Abdulla Shahid (@abdulla_shahid) February 4, 2023

ހަމައެހެންމެ، އެޤައުމުގެ ފޮރިން މިނިސްޓަރ.އެމް.ޔޫ.އެމް އަލީ ސަބްރީއާވެސް ބައްދަލުކުރައްވާފައިވެއެވެ.

Had a good discussion with former Prime Minister of Sri Lanka @PresRajapaksa on issues of mutual interest for our countries.

The #Maldives is grateful for the strong bond of friendship between our two nations. pic.twitter.com/QWoB64j2Kw

— Abdulla Shahid (@abdulla_shahid) February 3, 2023

މި ބައްދަލުކުރެއްވުމުގައި ދެ ގައުމާ ގުޅޭ އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، ރާއްޖެ-ލަންކާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ވަނީ ކުރައްވާފައެވެ.

undefined

ޢަބްދުﷲ ޝާހިދު ލަންކާގެ ފޮރިން މިނިސްޓަރ.އެމް.ޔޫ.އެމް އަލީ ސަބްރީއާ ބައްދަލުކުރެއްވުން


ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ބޯޑަރ ސެކއިުރިޓީއާ ގޫޅޭ ކަންކަމުގައި ދިވެހި ރާއްޖެއާއި ސްރީލަންކާގެ ގުޅުން ހަރުދަނާވެގެންދާނެކަމަށެވެ.

ޚާރިޖި ވަޒީރު ޢަބްދުﷲ ޝާހިދު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ސަރުކާރުން ދިން ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރ ޝާހިދު ވަނީ ކޮލޮމްބޯ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރާއި ޕޯސްޓްގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިސިންގެ ޑީންއާވެސް ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް އެ ޔުނިވަރސިޓީގައި ކިޔެވުމުގެ ފުރުޞަތާއި އިންޓަރންޝިޕް ފުރިހަމަކުރުމަށްޓަކައި ޖާގަ ދިނުމަށް އެދިވަޑައިގެންފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay