
މާލޭގެ ފުރުގާން މިސްކިތުގެ ތެރެއަށް ގަޟާހާޖާ ކޮށްގެން މި ފަހުން ހައްޔަރުކުރި މީހާ، ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް
ފުރުގާން މިސްކިތަށް ގަޟާހާޖާ ކުރި މީހާ ހުކުމް ތަންފީޒުކޮށް ނިމުމުން ދޫކޮށްލައިފި

އާމިނަތު ޝަޒްލާ - 04 ނޮވެމްބަރު 2026 - 10:15
މާލޭގެ ފުރުގާން މިސްކިތުގެ ތެރެއަށް ގަޟާހާޖާ ކޮށްގެން މި ފަހުން ހައްޔަރުކުރި މީހާ، އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ބަންދުން ދޫކޮށްލައިފިއެވެ.
މިސްކިތުގެ ހުރުމަތް ކަނޑައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގ. މާލޭހިޔާ 2، 02-13، އުމުރުން 32 އަހަރުގެ ނައުޝާދު މޫސާ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލެއް ހިންގައި، ފުރުގާން މިސްކިތުގެ ތެރެއަށް ގަޟާހާޖާކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ދިން 15 ދުވަހުގެ މުއްދަތު ހަމަވެގެން، ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ނަމަވެސް، އޭނާ ދޫކޮށްލާފައި ވަނިކޮށް އަނެއްކާވެސް ފުރުގާން މިސްކިތުގެ ތެރޭގައި ނިދަން އޮއްވައި ފެންނަ ފޮޓޯއެއް މިއަދު ވަނީ މީސްމީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ކަންބޮޑުވުން އުފެދިފަ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މިސްކިތަށް ގެއްލުންދިން މައްސަލާގައި ނައުޝާދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް ކޯޓުން އިއްވީ މި ހިނގާ މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ. އެހެންނަމަވެސް، އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން އޭނާ ބަންދުގައި އެއް މަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަކޮށްފައިވާ ކަމަށް ފުލުހުން ފާހަގަކުރިއެވެ.
އެހެންކަމުން، ބަންދުގައި ހޭދަކުރި މުއްދަތު އޭނާގެ އަދަބުން އުނިކުރުމުން، ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން ކަނޑައަޅައި، އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާލޭގެ މިސްކިތްތަކަކީ މީގެ ކުރިން ވެސް މިފަދަ ހިތާމަވެރި އަދި ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އެތައް އަމަލުތަކެއް ހިންގަމުންދާ ތަންތަނުގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަންތަނެވެ. މިގޮތުން، މިސްކިތްތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ގަޟާހާޖާ ކުރުމާއި، ވައްކަން ކުރުމުގެ އިތުރުން މަގުމަތީގައި އުޅޭ ބައެއް ފަރާތްތަކުން މިސްކިތްތައް ނިދާ ތަންތަނުގެ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަތައް ވަނީ ބޮޑުވެފައެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި މިސްކިތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ފާރަވެރިވުން އިތުރުކުރުމަށް އާންމުން ދަނީ އަބަދުވެސް ކަމާބެހޭ އިދާރާތަކަށް ގޮވާލަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރިޒޯޓުތަކުގައި އެއްޖިންސުން ކައިވެނިކުރަން ހުއްދަދިނީ ކާކު؟ ދެންވިސްނާލާ ރަސްމާލެ އަލްޢައްބާރަށް ދިނީމަ ވާނެ ގޮތް: ޒަމްޒަމް ފާރިޝް
26 މިނިޓު ކުރިން

ގަރާރުތައް ހުށަހަޅަނީ ރައްޔިތުންނަށް އެކަށީގެވާ ހިދުމަތް ނުލިބޭތީ: މައުރޫފް
29 މިނިޓު ކުރިން

ސިޓީ ކައުންސިލްގެ ބިންތައް އަތުލި މައްސަލައި ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
30 މިނިޓު ކުރިން

ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް ނައިބަކަށް ފަޒާދު
ގަޑިއިރެއް ކުރިން


