logo
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސިޓީ ކައުންސިލްގެ ބިންތައް އަތުލި މައްސަލައި ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

profile

މުޙައްމަދު ފަޟްލޫން - 04 ނޮވެމްބަރު 2026 - 11:16

މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ދަށުގައި ހިމެނޭ 14 ބިމެއް ކައުންސިލްގެ އިހްތިސާސް އިން ވަކި ކުރަން ނިންމުމާއި ގުޅިގެން ހުށަހެޅި މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.

https://wamco.com.mv/

މާލެ ސަރަޙައްދުން 14 ބިމެއް މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ދައުލަތަށް ނެގުމަށް ސަރުކާރުން ނިންމީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

މި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުމާ މެދު މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން، އެ ގަރާރު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ތެރެއިން 52 މެމްބަރުން ވޯޓު ދެއްވީ ގަރާރުގެ ބަހުސް ކުރިއަށް ގެންދަން ނުފެންނަ ކަމަށެވެ ގަރާރުގެ ބަހުސް ކުރިއަށް ގެންދަން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

މީކާއީލް ހުށަހެޅުއްވި ގަރާރުގައި ފާހަގަކުރައްވާފައިވަނީ، އެ ބިންތައް ކައުންސިލުގެ އިހްތިސާސް އިން ވަކިކުރަން ނިންމީ އެއްވެސް މަޝްވަރާއެއް ކުރުމަކާ ނުލައި ކަމަށެވެ. އަދި އެ ބިންތަކުން ލިބޭ އާމްދަނީއަކީ މިސްކިތްތައް ބެލެހެއްޓުމަށާއި، ކައުންސިލްގެ އިދާރީ ހިންގުމުގެ ހަރަދުތަކަށް ހާއްސަކުރެވިފައިވާ ފައިސާ ކަމަށްވުމާއެކު، ބިންތައް އަތުލުމުގެ ސަބަބުން ކައުންސިލަށް ލިބެމުންދިޔަ އާމްދަނީއަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، އެ ބިންތަކަކީ ރައްޔިތުންނަށް ފައިދާހުރި މުހިންމު މަޝްރޫޢުތަކެއް ހިންގުމަށް ކައުންސިލުން ރާވަމުންދިޔަ ބިންތަކެއް ކަމަށާއި، ސަރުކާރުގެ މި ނިންމުމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ފިޔަވަޅަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ހަނިވެގެންދާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި، ބިންތައް ނެގުން ހުއްޓުވުމަށް އެދި ސިވިލް ކޯޓަށް ވަގުތީ އަމުރަކަށް ހުށަހަޅާފައިވާނެކަން މާލެ ސިޓީ ކައުންސިލުން ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ހާމަކޮށްފައެވެ.

ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގުމަށް ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި އަސާސީ ހިދުމަތްތައް ފުޅާކުރުމަށް ހިންގަންޖެހޭ މުހިންމު މަޝްރޫއުތައް ހިންގުމަށާއި، އިޖުތިމާއީ އަދި އަސާސީ ވަސީލަތްތައް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ތަންތަން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.

https://wamco.com.mv/
tel:+9607331319