logo

ބީއެމްއެލް އެޕް މެދުވެރިކޮށް ބޭސްފަރުވާއަށް ޑޮލަރު ގަނެވޭގޮތް ހަދައިފި

profile

ރިޟްވާން މޫސާ - 22 ފެބްރުއަރީ 2026 - 10:36

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ ގޮތް ހަދައިފިއެވެ.

https://wamco.com.mv/

ބެންކް އޮފް މޯލްޑިވްސް އިން ބުނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ބޭނުންވާ ޑޮލަރަށް އެދި އެޕްލިކޭޝަން މެދުވެރިކޮށް ހުށައެޅުމުން އެޕް މެދުވެރިކޮށް ކޮންމެ ވަގުތަކުގެވެސް އެކަމުގެ އަޕްޑޭޓް ބަލާލެވޭނެ ކަމަށެވެ.

ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާނަމަ އެފަރާތަކަށް 2000 ޑޮލަރާއި ހަމައަށް ބޭންކުން ޑޮލަރު ވިއްކާނެއެވެ. އަދި އަމިއްލައަށް ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1000 ޑޮލަރު ވިއްކާނެއެވެ.

ބެންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕްލިކޭޝަންގައި ޑޭޝް ބޯޑަށް ދިއުމުން މިހާރު މެޑިކަލް ޑޮލަރ ރިކްއެސްޓް ގެ ގޮތުގައި ޑޮލަރު ގަތުމަށް ރިކްއެސްޓް ކުރެވޭނެ އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ޑެބިޓް ކާޑު ލިމިޓަށް ބަދަލު ގެނެސްފައިވާއިރު، ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް މިދިޔަ ނޮވެންބަރު މަހު ވަނީ އިތުރުކޮށްފައެވެ.

އަދި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި، ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑުން ހޮޓަލަށް ފައިސާ ދެއްކުމާއި، ޚަރަދު ކުރާ އަދަދު 3000 ޑޮލަރަށްވަނީ އިތުރުކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk