logo

ފިޔޯރީގައި ގާއިމްކުރާ މަސްފެކްޓްރީގައި ދުވާލަކަށް 100 ޓަނު ޕްރޮސެސްކުރެވޭނެ: މިނިސްޓަރ ޝިޔާމް

profile

މުޙައްމަދު ފަޟްލޫން - 14 މޭ 2025 - 04:30

ގދ ފިޔޯރީގައި ގާއިމްކުރާ މަސްފެކްޓްރީގައި ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަހާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ،ސަރުކާރުން ރާއްޖޭގެ މަސް ޕްރޮސެސްކުރުމުގެ ޤާބިލުކަން 3 ގުނައަށް އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ 3 ސަރަހައްދެއްގައި މަސްކިރާ ކާރުޚާނާތަކެއް އެޅުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ތިން ސަރަޙައްދަކީ ގދ. ފިޔޯރީ، ފ. ނިލަންދޫ އަދި ޅ. ފެލިވަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފިޔޯރީގައި ޤާއިމްކުރާ ފެކްޓްރީއަކީ ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެ ފެކްޓްރީއެއްކަމަށެވެ.

ޅ. ފެލިވަރު އަދި ފ. ނިލަންދޫގައިވެސް މަސް ޕްރޮސެސްކުރާ ފެކްޓްރީތަކެއް ޤާއިމްކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި 3 ފެކްޓްރީގެ ކަރުދާހުގެ މަސައްކަތް ނިމި، ޗައިނާގެ ކުންފުންޏަކާއެކު އީޕީސީ ކޮންޓްރެކްޓެއްގައި މިދިޔަ އެޕްރީލްމަހުގެ 8 ވަނަ ދުވަހު ސޮއިކޮށްފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި، އީޕީސީ ކޮންޓްރެކްޓްގައި ސޮއިކުރެވުމާއެކު މި މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްތައް ނިމުމުން ރާއްޖޭގައި 81 ހާސް ޓަނުގެ މަސް ދަޅުގަޔާއި ޕައުޗްގައި ބަންދު ކުރެވޭނެއެވެ.

މިއީ ރާއްޖޭގައި މަހާއި މަހުގެ އުފެއްދުންތަކުން ކުރެވޭ ވިޔަފާރިތަކުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރަތަމަ ފިޔަވަޅަށް ވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.


https://etukuri.mv/
https://eportal.mwsc.com.mv/e-pay