
މޫސުން ގޯސްވާނެކަމަސް ލަފާކޮށް މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.
ކުރިއަށް އޮތް 5 ދުވަހުގެ މޫސުން ގޯސްވާނެ!

އަހުމަދު ޒަލީފު - 23 ޑިސެމްބަރު 2023 - 06:37
ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކުރިއަށްއޮތް 5 ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ނ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ވައިޓް އެލަރޓްވެސް ނެރެފައެވެ. މި އެލަރޓް ނެރެފައިވަނީ މިރޭ 11:30 އާއި ހަމައަށެވެ.
މެޓް އޮފީހުން ވިދާޅުވީ، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައިގަދަވާނެކަމަށެވެ. ވައިޖެހޭނީ 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ދެކުނުގެ އަތޮޅުތަކަށްވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށް އެއިދާރާއިން ހާމަކުރައްވައެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުންދާއިރު، މި ދުވަސްވަރަކީ ސްކޫލްތައް ބަންދުވުމާއި ގުޅިގެން ގިނަބަޔަކު ދަތުރުކުރާ ދުވަސްވަރެކެވެ. އެހެންކަމުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރައްވައެވެ. އަދި އެލަރޓްތަކަށް ސަމާލުވެ މޫސުން ބޮޑަށް ގޯސްވާ ގަޑިތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން