logo

ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯ މަސްތުވާތަކެތި އަތުލައިގެންފި

profile

ޝުރުފާ މުހައްމަދު - 19 އޮކްޓޯބަރު 2024 - 13:22

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް---

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް---

ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯމަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި އަތުލައިގެންފައިވަނީ 2.05 ކިލޯގެ ހެރޮއިން އިންނެވެ. މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

ިމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސް އިން އާންމުކޮށްފައި ނުވިނަމަވެސް، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އިންޑިއާގެ ދެމަފިރިއަކު އަންގާރަ ދުވަހު ހައްޔަރުކޮށްފައިވެ އެވެ. އެއީ މުހައްމަދު ޝޯއިބް 41، އަދި އައިޝާ 38 އެވެ.

މި މައްސަލަގައި އެމީހުން 3 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، ބަންދަން ކުރު މުއްދަތެއް ޖަހާފައިވަނީ ތަރުޖަމާނަކު ޝަރީއަތް ފެށުމާ ހަަމަަޔަށް ވެސް ތަރުޖަމާނަކު ހަމަޖެހިފައި ނުވާތީ އެވެ. އަދި ކޯޓު އަމުރުން ވެސް އެނގޭ ގޮތުގައި އެމީހުންގެ ލަގެޖުން މަސްތުވާތަކެތި ފެނިފައިވެ އެވެ. އަދި އެމީހުން އެ ތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ކަމުގެ ހެކި ކޮންމެވެސް މިންވަރަކަށް ފުލުހުން ހުށަހަޅާފައިވެ އެވެ.

https://wamco.com.mv/
tel:+9607331319