logo

ގެއްލުނު ތަސްލީމް ހޯދަން އިންޓަޕޯލް ނޯޓިސް ނެރެނީ

profile

ޝުރުފާ މުހަންމަދު - 14 ސެޕްޓެމްބަރު 2024 - 19:45

ގެއްލިގެން ހޯދަމުން އަންނަ ތަސްލީމް މުހަންމަދު--

ގެއްލިގެން ހޯދަމުން އަންނަ ތަސްލީމް މުހަންމަދު--

ކ. ހުވަފެންފުށީ ކައިރިން ހިއްކާފައި އޮތް ފަސް ގަނޑަކަށް ދަތުރު ގޮސް އުޅެނިކޮށް ގެލުނު ތަސްލީމް މުހަންމަދު 43، ހޯދަން އިންޓަޕޯޓް ޔެލޯ ނޯޓިސް ނެރެން އެދިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިންޓަޕޯލް ޔެލޯ ނޯޓިސް އަކީ ގެއްލިފައިވާ މީހަކު ހޯދުމަށް ނެރޭ ބައިނަލްއަގުވާމީ އެލާޓެކެވެ.

ތަސްލީމް މުހަންމަދު ގެއްލިގެން ހޯދަން ފެށީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު އެވެ. އޭނާ އެންމެ ފަހުން ހަބަރެއް ވެފައި ވަނީ އެ މަހުގެ 30 ވަނަ ދުވަހު އެވެ. ފުލުހުން ބުނިގޮތުގައި އޭނާ ގެއްލުނު ދަތުރުގައި އޭނާ އާއި އެކު އިތުރު 25 މީހުންނާއި ދެ ކުޑަކުދިން ގޮސްފައިވެ އެވެ. އެ ދަތުރަކީ އުފަންދުވަހެއް ފާހަގަކުރުމަށާއި، އެންގޭޖްމަންޓް ޕާޓީއެއް ބޭއްވުމަށްޓަކާ ދިޔަ ދަތުރެއް ކަމަށް ފުލުހުން ބުނެ އެވެ.

އޭނާ ގެއްލިގެން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު ޗައްކު އުފެދޭ ކަންތައްތަކެއް ފާހަގަވެފައިވާތީ، ފުލުހުން ވަނީ މިއީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށާފަ އެވެ.

ަދަތުރުގެ ޓައިމްލައިން:

އޮގަސްޓު 29

  • 17:00 - 17:30 މާލެ ދެކުނު ފަރާތު ބަނދަރުން ފުރުން

  • 00:00 ޖަހަންދެން ތަސްލީމް ބައިވެރިންނާއި އެކު އުޅެފައިވޭ
  • އޭގެ ފަހުން ޓެންޓުގައި ތަސްލީމް ނިދާފައި އޮތް

އޮގަސްޓު 30

  • 7:45 - 9:00 އެ ވަގުތުތަކުގައި ވެސް ދަތުރުގެ ބައިވެރިންނާއި އެކު އުޅެފައިވޭ
  • ގެއްލިގެން ހޯދަން ފެށީ 10 ޖަހަނިކޮށް.

ފުލުހުން ބުނިގޮތުގައި ތަސްލީމް އެ ދަތުރު ދުވަހު ދުވަހާއި ޖެހިގެން އައި ދުވަހުގެ ހެނދުނު 9 ޖަހަންދެން ވެސް ދަތުރުގެ ބައިވެރިންނާއި އެކު އުޅުނުކަން އެނގެން ހުރި ދަތުރުގެ ބައިވެރިން އަތުގައި ހުރި ފޮތޯ އަދި ވީޑިއޯތަކުން ކަމަށެވެ. މި މައްސަލާގައި އެ ހުރިހާ ބައިވެރިންނާ ސުވާލުކޮށް މައުލޫމާތު ހޯދި އިރު، އެ ދުވަހު ފުރަން ބޭނުންވާކަމަށް ތަސްލީމް ބުނެފައިވާތީ ހެނދުނު އޭނާ ހޯދަން ފެށީ 10އާއި 11 އާ ދެމެދު އޮތް ލޯންޗުގައި އޭނާ ފޮނުވާލަން ކަން ވެސް އެނގޭ ކަމަށާއި، އޭނާ ނުފެނުމުން އާއިލާއަށް ގުޅާ މާލެ ދިޔައީ ތޯ ބެލިކަން ވެސް އެނގޭ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލާގެ ތަހުގީގު ތެރެއިން އޭނާ އާއި އެކު ދަތުރުގައި ބައިވެރި ވި 25 މީހުންނާއި އެ ފަސްގަނޑަށް ދަތުރު ދިޔަ އިތުރު 12 މީހަކާ ވެސް ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މީގެ އިތުރަށް ފޮރެންސިކް ތަހުލީލަށް އޭނާ ގެންގުޅުނު ފޯނަކާއި، ލެޕްޓޮޕެއް ވެސް ނަގާފައިވާ ކަމާއި، މާލެއިން ވެސް އޭނާ އާންމުކޮށް ގޮސް އުޅޭ ތަންތަން ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.


tel:+9607331319