logo

މޫސުން އަލިވެއްޖެ، އެކަމަކު އުދަ އެރުން އެކަށީގެންވޭ

profile

ޒިދާން މުޙައްމަދު - 22 އޯގަސްޓު 2024 - 13:16

ހުޅުމާލެ

ހުޅުމާލެ

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ.ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ލަފާކޮށްފިއެވެ.

މޫސުން އާންމު ގޮތެއްގައި ރަނގަޅުވި ނަމަވެސް، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ.ކަމަށާއި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުން އެދޭ ކަމަށެވެ.

ވައިޖެހޭނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަ ދުވަސްތައް ނިމި ރާއްޖެ ސަރަހައްދަށް މޫސުން އަލިވި ނަމަވެސް މިހިނގާ ހުޅަނގުމޫސުން ނޮވެމްބަރުގެ ނިޔަލަށް ދެމި އޮންނާނެއެވެ.

ރާއްޖެއަށް އަންނަނީ މައިގަނޑު ދެމޫސުމެވެ. އެއީ ހުޅަނގު މޫސުމާއި އިރުވައި މޫސުމެވެ. އާންމުކޮއް ރާއްޖެއަށް ބޮޑައް ވިއްސާރަ ކުރަނީ ހުޅަނގު މޫސުމުގައެވެ. އިރުވައި މޫސުމުގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރިޔަސް މޫސުން ގިނަދުވަސްތަކުގައި އޮންނަނީ އާންމު ގޮތެއްގައި ރަނގަޅަށެވެ. ހުޅަނގު މޫސުން ރާއްޖެއަށް ޢާންމުގޮތެއްގައި ލައިގަންނަނީ މޭމަހު މެދެއްހާ ތަނުން ފެށިގެން ނޮވެންބަރު މަުގެ ނިޔަލަށެވެެ. އަދި އިރުވައި މޫސުން ޖެނުވަރީއިން ފެށިގެން މާރިޗްމަހުގެ ނިޔަލަށް ދެމިގެން ދެއެވެ. ޑިސެމްބަރ އަދި އެޕްރީލް މަހަކީ ޢާންމުކޮށް ދެމޫސުން ބަދަލުވާ ދުވަސްވަރެވެ.

އެވަރެޖްކޮއް ދެކުނަށް އަހަރަކު 2218، މެދުރާއްޖެތެރެއަށް 1966 އަދި އުތުރަށް 1779 މިލިމީޓަރުގެ ވާރޭވެހެއެވެ. މިހާތަނައް ރާއްޖެއަށް 24 ގަޑިއިރު ތެރޭ އެންމެ ބޯކޮއް ވަރޭވެހުނު ކަމައް ރެކޯޑު ކުރެވުފައި ވަނީ 24 ނޮވެމްބަރު 2015 ގައި އަޑޫސިޓީ ގަމުގެ މެޓްއޮފީހަށް 228 މިލިމީޓަރެވެ. ރާއްޖޭގައި އޮންނަ ކުލައިމެޓްގެ ސަބަބުން އާންމުގޮތެއްގައި ދިގުދެމުގެންދާ ގޮތަކަށް މެދުނުކެނޑި މާގިނައިރު ވާރޭނުވެހެއެވެ.



tel:+9607331319