logo

ރައީސްގެ ދެ ކަނބަލުން ބަންގަލޫރުގައި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 09 އޮކްޓޯބަރު 2024 - 14:18

ބެންގަލޫރަށް ރައީސްގެ ދެ ކަނބަލުން ވަޑައިގެންނެވުން

ބެންގަލޫރަށް ރައީސްގެ ދެ ކަނބަލުން ވަޑައިގެންނެވުން

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިންޑިއާގެ ބެންގަލޫރަށް ވަޑައިގެންފިއެވެ.

އިންޑިއާގެ ރައީސާގެ ދައުވަތަކަށް ރައީސް އެ ގައުމަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މިހާރު ހުންނެވީ ބެންގަލޫރުގައެވެ.

ރައީސްގެ ދެ ކަނބަލުން ބެންގަލޫރަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ، ކަރުނާޓަކާ ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ބެންގަލޫރުގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާތައް ބާއްވަވާނެއެވެ.

މިރޭގެ ވަގުތެއްގައި ބެންގަލޫރުގައި އުޅޭ ދިވެހިންނާ ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބައްދަލު ކުރައްވާނެއެވެ.

https://int.etukuri.mv/
tel:+9607331319