logo

އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 12 އޮކްޓޯބަރު 2024 - 18:35

އައްނަބިލާ ހަދީޖާ

އައްނަބިލާ ހަދީޖާ

ރާއްޖޭގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ސުމުއްވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ފާމުދޭރި ކިލޭގެ ފާނުގެ ދަރިކަނބަލުން އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމާއި ގުޅިގެން އެކަމަނާގެ އާއިލާއަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމާ ގުޅިގެން ރައީސް 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވަނީ، ހިތާމައިގައި ބައިވެރިވެވަޑައިގެން މަރުހޫމާގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

ރައީސް ވަނީ، އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީއަކީ ރާއްޖޭގެ ތައުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމާއި ފުރުސަތުތައް ފަހިކޮށްދިނުމުގެ ދާއިރާއާއި، ހާރިޖީ ގުޅުންތަކުގެ ދާއިރާގައިވެސް ސަރުކާރަށް ހިދުމަތް ކުރެއްވި ބޭފުޅެއްކަން ފާހަގަ ކުރައްވާފައެވެ

އައްނަބީލާ ހަދީޖާ އަވަހާރަވީ އުމުރުފުޅުން 68 އަހަރުގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އައިޖީއެމްއެޗްގައެވެ.


https://int.etukuri.mv/
tel:+9607331319