
"އީރާނާއި އެމެރިކާގެ ސުލްހަިއގެ އެއްބަސްވުން" ރީޖަނަލް-4 އިން މަރުޙަބާ ކިޔައިފި

ރިޟްވާން މޫސާ - 22 ޖޫން 2026 - 05:53
މެދުއިރުމަތީގެ ހަނގުރާމަ ހުއްޓައިލުމަށް އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ސުލްޙައިގެ އެއްބަސްވުމަށް މަރުޙަބާ ކިޔާ ކަމަށް ތުރުކީވިލާތާއި މިޞްރާއި ޕާކިސްތާނާއި ސަޢުދީ ޢަރަބިއްޔާއިން ބުނެފިއެވެ.
އެ ޤައުމުތަކުން އެހެން ބުނެފައި ވަނީ މިޞްރުގެ ޤާހިރާގައި މިހާރު ކުރިއަށްދާ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ތެރެއިންނެވެ. ރީޖަނަލް-4ގެ ގޮތުގައި މުހާތަބު ކުރެވޭ މި ހަތަރު ޤައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ މިޞްރުގެ ދަޢުވަތަކަށެވެ. މިއީ ހަތަރު ޤައުމުން އެކުގައި ބާއްވާ މި ފަދަ ހަތަރުވަނަ ބައްދަލުވުމެވެ.
ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ކަންތައްތައް ހިނގަމުންދާ ގޮތާ ގުޅޭ ގޮތުން ވެސް ވަޒީރުން ވާހަކަ ދައްކަވާފައިވެއެވެ. އަދި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، މެދުއިރުމަތީގެ ޞުލްޙައާއި ސަލާމަތާއި އަމާންކަމާއި ތިޔާގިކަން ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމުގެ މުހިންމު ކަމަށް ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅި، ހަކަތައިގެ ބާޒާރަށާއި ބައިނަލްްއަޤްވާމީ ކަނޑުމަގުތަކާއި ވިޔަފާރިތަކަށް ނުރައްކާވަމުންދާ ކަމަށް ފާހަގަކޮށް އެ ޤައުމުތަކުން ބުނީ އިބްތިދާޢީ އެއްބަސްވުމަކީ މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި
6 ގަޑިއިރު ކުރިން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އިސްތިއުފާ ދީފި
7 ގަޑިއިރު ކުރިން

ލޯކަލް މާރުކޭޓުގައި ބިދޭސީން ގިނަވެ ދިވެހި ވިޔަފާރިވެރިން ރުޅިގަދަވެއްޖެ!
12 ގަޑިއިރު ކުރިން

މޯލްޑިވްސް 2.0 ބިލު ހުށަހެޅީ ވޯޓުން ވައްކަން ކުރަން: އަބްދުލްޣަފޫރު
12 ގަޑިއިރު ކުރިން


.gif&w=3840&q=75)