logo

އިންޑިއާއިން ރާއްޖެއަށް 319 މިލިއަން ޑޮލަރު ދެނީ

profile

މުޙައްމަދު ފަޟްލޫން - 24 އޭޕްރީލު 2026 - 05:59

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކޮށްފައިވާ ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން، 30 ބިލިއަން އިންޑިއަން ރޫޕީސް (ގާތްގަނޑަކަށް 319 މިލިއަން އެމެރިކާ ޑޮލަރު) ރާއްޖެއަށް ދޫކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

https://wamco.com.mv/

މި އެއްބަސްވުމަކީ 2024 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ސޮއިކުރެވުނު މުހިންމު މާލީ އެއްބަސްވުމެކެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއެއް މެދުވެރިކޮށް ފައިސާ ނެގުމުގެ މަގު ވަނީ ފަހިވެފައެވެ.

އެއީ އެމެރިކާ ޑޮލަރު/ޔޫރޯ ވިންޑޯގެ އިތުރުން އިންޑިއަން ރުޕީ ވިންޑޯއެވެ.

މިގޮތުން، އެމްއެމްއޭއަށް ޖުމްލަ 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީއާ ހަމައަށް އެކި ފަހަރު މަތިން ފައިސާ ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ އެއްބާރުލުމުގެ ދަށުން، އިންޑިއަން ރުޕީ ވިންޑޯއިން 30 ބިލިއަން ރުޕީސް ނެގުމުގެ ހުއްދަ ދިނުމާ ގުޅިގެން، ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަނީ އެކަމަށް މަރުޙަބާ ދަންނަވާފައެވެ.

މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުން ރަމްޒުކޮށްދޭ މުހިންމު ކަމެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk