
އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަލް ވެރިކަން ނިމުމުގެ ކުރިން ހުޅުވާނަން: ރައީސް

ރިޟްވާން މޫސާ - 29 ޖޫން 2026 - 07:57
ރ. އަލިފުށީގައި ތަރައްޤީކުރާ އެއާޕޯޓާއި ހޮސްޕިޓަލް މަޝްރޫޢުގެ މަސައްކަތް ނިންމާ މި ދައުރުގެ ތެރޭގައި ހުޅުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އަލިފުށީގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މިއީ 128 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާ ކަމަށެވެ. ރައީސް ވިދާޅުވީ ގޮންޖެހުންތަކެއް ހުރި ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސިއްހީ ދާއިރާގެ މައްސަލަތަކަށް މިހާރު ހައްލު ގެނެވިފައިވާ ކަމަށެވެ.
މިއަހަރުގެ ބަޖެޓުން އެންމެ ގިނަ މަޝްރޫޢުތައް މިހާރު ހަވާލުކުރެވިފައިވާ އަދި ހަވާލުކުރުމަށް ތާވަލުކުރެވިފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސިއްޙި ދާއިރާގެ މަސައްކަތްތަކަށް މިއަހަރުވެސް ގިނަ މަޝްރޫއުތަކެއް އެބަހުރި ކަމަށެވެ.
ބައެއް މަޝްރޫޢުތައް ބޭނުންވާ މިންވަރަށް ބާރުމިނުގައި ކުރިއަށް ނުދާކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ ރ. އަލިފުއްޓަކީ ސަރަޙައްދީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ރަށަކަށް ވުމާއެކު، އެ ރަށުގެ އެއާޕޯޓާއި ހޮސްޕިޓަލްގެ މަޝްރޫޢު ހިމެނޭހެން ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުތަކަކީވެސް ޚާއްޞަ ސަމާލުކަމެއްދީގެން ކުރިއަށްގެންދާނެ ކަންކަން ކަމަށެވެ.
އަލިފުށީގައި ތަރައްގީކުރާ އެއާޕޯޓާއި، ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހި ލަސްވެގެން ދިޔައީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދިމާވި ދއިގުތިސާދީ ހީނަރުކަމުގެ ސަބަބުން ކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ވިދާޅުވީ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން މި ދެ މަޝްރޫއު ވެސް ނިންމޭނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މަޝްރޫއުތައް ސުންގަޑިތަކަށް ނިންމަން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަނީ
5 ގަޑިއިރު ކުރިން

ސިނގިރޭޓްގެ ޑިއުޓީ އަގު ކުޑަ ކުރުން އެއީ ފަހަތަށް އެޅި ފިޔަވަޅެއް ނޫން: ރައީސް
5 ގަޑިއިރު ކުރިން

ފަރަންސޭސި ވިލާތުގެ ޖަންގައްޔެއްގައި ރޯވެ ދެ ހެކްޓަރަށްވުރެ ބޮޑުބައި އަދައި ހުލިވެއްޖެ!
10 ގަޑިއިރު ކުރިން

ޕޭޕަލްގެ ޙިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުންދަނީ: ރައީސް
11 ގަޑިއިރު ކުރިން


.gif&w=3840&q=75)