logo

ވަޒީފާތަކުން މީހުން މަދުކުރަނީ ރައްޔިތުންވެސް ބޭނުންވެގެން: ރައީސް

profile

ރިޟްވާން މޫސާ - 20 އޭޕްރީލު 2026 - 12:07

ވަޒީފާތަކުން މީހުން މަދުކުރުމަކީ ސަރުކާރުގެ ސިޔާސަތުތަކެއް ކަމަށާއި، އެކަންކަން ކުރަނީ ރައްޔިތުން ބޭނުންވެގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން "އަސްލު" ޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން 33 އިންސައްތަ މީހުން ވަޒީފާއިން ވަކިކުރުމަކީ ރައްޔިތުން ބޭނުންފުޅުވެލައްވާ ގޮތެއް ކަމަށާއި، އެއީ ސަރުކާރުގެވެސް ސިޔާސަތެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ މިއަދުގެ ބައްދަލުވުމުގައި ކުދި އަދި މެދުފަންތީގައި ލޯނު ދޫކުރުމަށް ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑެތި މަސައްކަތަކެއް ކުރައްވަމުން އަންނަ ކަމަށާއި، ސަރުކާރުން ހިންގާ ބޮޑެތި ބިޔަ މަޝްރޫއުތަކުގައި ވަޒީފާތައް އުފެދިގެން އަންނާނެ ކަމަށެވެ.

ސަރުކާރު ހިންގުމާއި، ޙަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކުން 33 އިންސައްތަ މަދުކުރުމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އަށް ވަނީ އަންގާފަ އެވެ.

މި ނިންމެވި ނިންމުމަށް އަމަލުކުރެއްވުމަށްޓަކައި ދައުލަތުގެ މާލީ ވުޒާރާއިން ވަނީ ޕީ.ސީ.ބީގެ ރައީސް މުޙައްމަދު އަނަސް އަށް މިކަން ބަޔާންކުރައްވައި ސިޓީއެއްވެސް ފޮނުވާފަ އެވެ.

ސަރުކާރު ކުންފުނިތަކަކީ ސަތޭކަ ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ޕަބްލިކް ޕްރައިވެޓް ކުންފުނިތަކެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް އަޅުއްވާ ފިޔަވަޅެއްކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.

މާލީ ވަޒީރު މޫސާ ޒަމީރު "އަސްލު" އަށް ވިދާޅުވީ ކުންފުނިތަކުން މީހުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ގާނޫނާއި ގަވައިދާ އެއްގޮތައް އެކަން ކުރައްވަމުން އަންނާނެ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk