logo

ދައުލަތަށް ލިބުނު އާމްދަނީގެ އަދަދު 16% އިތުރު ވެއްޖެ

profile

ރިޟްވާން މޫސާ - 12 މޭ 2026 - 09:16

މިއަހަރުގެ އެޕްރީލް މަހު ދައުލަތައް ލިބުނު އާމްދަނީ %16 އިތުރުވެފައިވާ ކަމަށް، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

މީރާއިން ދަނީ ދައުލަތުގެ އާމްދަނީގެ ތަފާސްހިސާބުތައް މަހުން މަހަށް އާންމު ކުރަމުންނެވެ.

މިދިޔަ އެޕްރީލް މަހު ދައުލަތަށް ޑޮލަރުގެ އާމްދަނީ ހިމެނޭހެން ޖުމްލަ 2.63 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. ޑޮލަރުގެ އާމްދަނީ ގޮތުގައި މިދިޔަ މަހު ލިބިފައިވަނީ 120.70 މިލިޔަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީ އަޅާ ބަލާނަމަ %0.3 ދަށް އަދަދެކެވެ.

އާމްދަނީ ދައްވުމުގައި އެޕްރީލް މަހު އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %19.8 ދަށްވުމާއި، މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ސީއެސްއާރް ފީގެ ގޮތުގައި ލިބުނު ވަރު މަދުވުން މީރާއިން ފާހަގަކުރެއެވެ. އަދި ޓެކްސް އާމްދަނީންވެސް މަދުވެފައިވާކަން އެއިދާރާއިން ވަނީ ފާހަގަކޮށްފައިވެ އެވެ.

https://wamco.com.mv/

މިދިޔަ މަހުގެ އާމްދަނީ އާއި، މިދިޔަ އަހަރުގެ އާންދަނީގެ ހިސާބުތަކަށް ބަލާއިރު ބޮޑު ފަރަޤެއް އައިސްފައި ނުވިނަމަވެސް، މިއަހަރު އެޕްރީލް މަހު މި އާމްދަނީ ދައްވާނެކަމަށް މީރާއިން ލަފާކޮށްފައިވެއެވެ.

މީގެ އެންމެ ބޮޑު ސަބަބަކީ މިހާރު މެދު އިރުމަތީގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމެވެ. ނަމަވެސް މި އާންމުދަނީ ވަނީ %16.6 އިތުރުވެފަ އެވެ.

އަންދާޒާ ކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ ޖީއެސްޓީއާއި ފަތުރުވެރިކަމުގެ ކުލީގެ އާމްދަނީގެ އިތުރުން ވޯކް ޕާމިޓް ފީއިން ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން ޓެކްސް ދެއްކުމުގެ މުހްލަތު ހަމަވެފައިވާ ފައިސާއިންވެސް ބޮޑުބައެއް މިދިޔަ މަހުގެ ތެރޭގައި ލިބުމަކީ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ފާހަގަކުރެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk