logo
ރާއްޖޭގެ ފަހާތަނެއްގެ ތެރެ

ރާއްޖޭގެ ފަހާތަނެއްގެ ތެރެ

ކޮވިޑާއި ގުޅިގެން މާލީ އެހީތެރިކަމަށް އެދުމުގެ ތިންވަނަ ފުރުސަތަށް ހުޅުވާލައިފި

profile

ޔޫޝައު ހަސަން - 16 އޭޕްރީލު 2023 - 03:31

"ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑް-19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީއަށް އެދުމުގެ ތިންވަނަ ބުރަށް ހުށަހެޅުމުގެ ފުރުސަތު އިކޮނިމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

https://wamco.com.mv/

މި ޕްރޕގރާމަކީ އެ މިނިސްޓްރީއާއި ވަރޑް ބޭންކާއި ގުޅިގެން ކޮވިޑް-19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެތެރެއިން ވިޔަފާރިއަށް އަސަރުކޮށްވިޔަފާރި ހުއްޓިފައިިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދަން ފެށި ޕްރޮގްރާމެކެވެ.

މީގެ ކުރިން ޕްރޮގްރާމުގެ ފުރަތަމަ އަދި ދެވަނަ ބުރުގައި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް މިހާރު ރިވިއު ކުރެވި ފައިސާ ދަނީ ދޫކުރެވެމުންނެވެ. އަދި މި ފައިސާ ގިނަ އަދަދެއްގެ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދޫކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ޕްރޮގްރާމްގެ ތިންވަނަ ބުރުގައިއެހީތެރިކަމަށް އެދުމަށް ހުޅުވާލެވިފައިވަނީ ޖުމްލަ 500 ފުރުސަތު ކަމަށްވާއިރު އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި ޕްރޮގްރާމް ކުރިއަށްދާއިރު، ޖޮބް ސެންޓަރަށް ލިބެމުންދާ އެޕްލިކޭޝަންގެ އިވެލުއޭޝަން އަދި އަމަލު ކުރެވިފައިވާ ގޮތް ޝާއިއު ކުރެވޭނެއެވެ.

އަންނަ މެއި މަހުގެ 31 އަށް ހަމަވާ މި ފުރުސަތުގައި މިފަހަރު އެހީތެރިކަން ދިނުމަށް ހަމަ ޖެހިފައިވާ ދާއިރާތަކަކީ، ކާބޯތަކެތި އުފެއްދުން، އަތްތެރި މަސައްކަތް، ބިއުޓީ އަދި މޭކަޕް ކުރުން، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ، ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ގެ އިތުރުން ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް އަދި ކުޅިވަރު އަދި ފިޓްނަސް ގެ ދާއިރާއެވެ.

މި ދާއިރާތަކުން އެހީއަށް އެދި ހުށަހަޅާ ފަރާތަކީ 30 ސެޕްޓެމްބަރ 2022 އާއި ހަމައަށް ފާއިތުވި 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައި ވާން ޖެހޭނެއެވެ.

އަދި އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ 4 ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާ ކުރާ ފަރާތަކަށް ނުވުންމާއި، ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

މި ޕްރޮގްރާމްގެ ތަފްސީލް އަދި އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި މިނިސްޓްރީން އަމަލު ކުރާނެ އުސޫލުތައް ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިޢު ކޮށްފައި ވެއެވެ.


https://etukuri.mv/
https://www.aslu.com.mv