logo
—

ޤައުމީ ބެޑްމިންޓަން ސްކޮޑް އެކުލަވާލައިފި

profile

އަހުމަދު ޒަލީފު - 03 މޭ 2023 - 15:08

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 އަދި އޭޝިއަން ގޭމްސްގައި ވާދަކުރާ ޤައުމީ ބެޑްމިންޓަން ސްކޮޑް ޖުމްލަ 14 ކުޅުންތެރިންނާއިއެކު އެކުލަވާލައިފިއެވެ.

https://wamco.com.mv/

ޤައުމީ ބެޑްމިންޓަން ސްކޮޑް އެކުލަވާލައި ތަމްރީނުތައް ފެށިގެން ކުރިއަށްދަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 އަދި އޭޝިއަން ގޭމްސް އަށް ޚާއްސަކޮށް ގެނެވިފައިވާ ސައުތް ކޮރެއާގެ ހައި ޕާފޯމަންސް ކޯޗުގެ ބެލުމުގެ ދަށުންނެވެ. މި ސްކޮޑް އެކުގައި މި އަހަރުގެ ސެޕްޓަރު މަހުގެ ނިޔަލަށް ސައުތް ކޮރެއާ ކޯޗުގެ ބެލުމުގެ ދަށުން ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 އަދި އޭޝިއަން ގޭމްސްގައި ވާދަކުރާ ޤައުމީ ބެޑްމިންޓަން ސްކޮޑް ކޯޗުންގެ އިރުޝާދާއިއެކު އެކުލަވާލެވުނުއިރު، މި ސްކޮޑުގައި ހިމެނުމަށް ހުށައެޅުނު ޤައުމީ ބެކްއަޕް ސްކޮޑްގެ 10 ކުޅުންތެރިންގެ ތެރެއިން މި ސްކޮޑުގައި ހިމެނިފައިވަނީ 2 ކުޅުންތެރިންނެވެ. އަދި އެކަޑަމީތަކުން ހިމެނުމަށް ހުށައެޅުނު 05 ކުޅުންތެރިންގެ ތެރެއިން މި ސްކޮޑުގައި ހިމެނިފައިވަނީ 2 ކުޅުންތެރިންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށްއޮތް އޭޝިއަން ގޭމްސް އިން ރަނގަޅު ނަތީޖާއެއް ހާސިލްކުރުމެވެ. އަދި އޭގެ އިތުރުން ވޭތުވެ ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޯދި ކާމިޔާބަށް ވުރެ ބޮޑު ކާމިޔާބެއް މިފަހަރުވެސް ހޯދުމެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay