
ސްކޫލްތަކުގެ ޔުނިފޯމަށް ބަދަލު ގެންނަނީ

ޝަހްޒާ މުޙައްމަދު - 02 ޑިސެމްބަރު 2025 - 07:24
ސަރުކާރު ސްކޫލްތަކުގެ ޔުނީފޯމަށް ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.
މި ބަދަލު ގެންނަން ނިންމާފައި ވަނީ 2027 ގެ ދިރާސީ އަހަރާ އެކު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.
ޔުނިފޯމަށް ގެންނަން ނިންމައި ބަދަލާ ގުޅޭ ސާކިއުލާއެއް އިއްޔެ ވަނީ ސްކޫލްތަކަށް ފޮނުވާފައެވެ.
އެގޮތުން ސަރުކާރު ސްކޫލްތަކުގެ ޔުނީފޯމް ގެންނަ ބަދަލާ އެކު ހަތަރު ކުލައެއް ބޭނުން ކުރެވޭނެ ކަމަށް ނިންމާފައިވެ އެވެ. އެއީ ފެއްސާއި ރަތާއި ހުދުގެ އިތުރުން ނުލެވެ. ޔުނީފޯމަށް ގެންނަ ބަދަލުގައި އެ ސްކޫލަކުން ބޭނުންވާ ކުލައަކަށް ޔުނީފޯމުގެ މަތި ނުވަތަ ގަމީހުގެ ކުލަ ކަނޑައެޅިދާނެ އެވެ. ނަމަވެސް ޔުނީފޯމްގެ ތިރީ ބައި ހުންނަން ޖެހޭނީ ކަޅު ނުވަތަ ގަދަ ނޫ ކުލައިގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ސްކޫލްތަކުގެ ރަސްމީ ޔުނީފޯމުގެ އިތުރުން އެކްޓިވިޓީ ޔުނީފޯމަށް ވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް ސާލިހް އަށް އައްޑޫ އިން ހޫނު މަރުހަބާއެއް
9 ގަޑިއިރު ކުރިން

ޖެޓް ފިއުލް ލިބުމުގައި ދަތިކަމެއް ނެތް: މާލީ ވަޒީރު
11 ގަޑިއިރު ކުރިން

އެމެރިކާއަށް ގަލްފްގެ ގައުމުތަކަށް ހިމާޔަތެއް ނުދެވުނު: ރައީސް ނަޝީދު
11 ގަޑިއިރު ކުރިން

ރައްޔިތުންގެ ހިޔާލު ހޯދާ ވޯޓް ނެގުން ހުއްޓުވަން އަލީ ހުސެއިން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
11 ގަޑިއިރު ކުރިން


.gif&w=3840&q=75)