logo

ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް ދޫކޮށްލާފައި ހުރި 700 އަށްވުރެ ގިނަ އުޅަނދު ޓޯކޮށްފި

profile

އައިޝަތު އިނާޝާ - 12 ޑިސެމްބަރު 2025 - 08:30

ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް ދޫކޮށްލާފައި ހުރި 700 އަށްވުރެ ގިނަ އުޅަނދު ޓޯކޮށްފިއެވެ.

https://wamco.com.mv/

ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމަށް ފުލުހުން ކުރި މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

ފުލުހުން ބުނީ މި މަސައްކަތުގައި ހުޅުމާލެ ފޭސް 1 އަދި 2 އިން ޖުމްލަ 787 އުޅަނދެއް ޓޯވކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާ ޒޯނާ ނުގުޅޭ ބޯޑު ހުރި 252 އުޅަނދަކާއި ރަޖިސްޓްރީނުކޮށް ނުވަތަ ބޯޑު ނެތި މަގުމަތީގައި ބަހައްޓާފައި ހުރި 186 އުޅަނދެއް ހިމެނެއެވެ. އަދި މަގުމަތީގައި އަޅާނުލާ ދޫކޮށްލާފައި ހުރި 349 އުޅަނދެއްވެސް ޓޯކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ވަނީ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހުގެ 07:00 އިން 2025 ޑިސެންބަރު 11 ވަނަ ދުވަހުގެ 20:00 އަށް ކުރިއަށް ގެންދިޔަ މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވައި މަސައްކަތުގައި ބައިވެރިވެލެއްވި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކަށް ޝުކުރުއަދާކޮށްފައެވެ.

އަދި މި މަސައްކަތުގެ ސަބަބުން ހުޅުމާލެ މަގުތަކަށް އައިސްފައިވާ ހިތްފަސޭކަމާއި ފަސޭހަކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށާއި އަދި މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay