
އެޑިއުކޭޝަން މިނިސްޓްރީގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ގަސްއިންދުމުގެ ޙަރަކާތެއް

އައިޝަތު އިނާޝާ - 24 ޑިސެމްބަރު 2025 - 06:52
އެޑިއުކޭޝަން މިނިސްޓްރީގެ 93 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ގަސް އިންދުމުގެ ބޮޑު ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޙަރަކާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުއާއި، އެ މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން ރާއްޖޭގެ ހުރިހާ ސްކޫލްތަކުން ވަނީ ބައިވެރިވެފައެވެ.
މިއީ އެ މިނިސްޓްރީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ތިމާވެއްޓަށް ހޭލުންތެރިކުރުވުމާއި، ސަރުކާރުން ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ "5 މިލިއަން ގަސް އިންދުމުގެ" ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ޙަރަކާތެކެވެ.
މި ޙަރަކާތުގައި ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަޙައްދުގައާއި، ޝަހީދު ޢަލީ ސްކޫލްގައި 100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. މީގެ އިތުރުން މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނާއި މުދައްރިސުން ވެސް މި ގަސްއިންދުމުގެ ޙަރަކާތުގައި ބައިވެރިވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 4 މީހުން ހައްޔަރުކޮށްފި
10 މިނިޓު ކުރިން

މޯލްޑިވިއަން ކެބިން ކުރޫއިންނާއި ޕައިލެޓުންނަށް ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
16 މިނިޓު ކުރިން

ކޮޅުފުށީގައި ގާއިމްކުރާ ހައުސިންގ ޔުނިޓްތަކުގެ ފެނާއި ނަރުދަމާ ގާއިމްކުރަން ފެނަކަ އާއި ހަވާލްކޮށްފި
18 މިނިޓު ކުރިން

ނަޝީދާއި ސޯލިހު ބައްދަލުކުރައްވައިފި
3 ގަޑިއިރު ކުރިން


