logo

ނައިފަރަށް ދަތުރުކުރި ބޯޓުގެ ބައިތަށް އޮޔާދާތީ ސަމާލުވާން އެދިއްޖެ

profile

މުޙައްމަދު ފަޟްލޫން - 16 އޮކްޓޯބަރު 2025 - 12:45

ޅ ނައިފަރަށް ދަތުރުކުރަމުންދިޔަ ނަސްރު ބޯޓު ދިޔަވެެގެން އަޑިއަށްގޮސް ބައެއް ތަކެތި އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެމްއެންޑީއެފުން އެދިއްޖެއެވެ.

https://wamco.com.mv/

ޅ އަލިގާގެ ދެކުނުން 3.3 ނޯޓިކަލް މޭލުން ބޯޓު ދިޔަވެ އަޑިއަށް ގޮސް އުޅަނދުގެ ބައެއްތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

މިތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ އަލިގާގެ އިރުމައްޗަށް ކަމަށާއި މި ސަރަހައްދުން ދަތުރުކުރާ އެންމެހައި ފަރާތްތަކުން އެކަމަށް ސަމާލުވުމަށްވެސް އެމްއެންޑީއެފުން އިރުޝާދު ދީފައިވެއެވެ.

ނަސްރު ބޯޓު އަޑިއަށް ދިއުމުގެ ކުރިން އޭގައި ތިބި ހުރިހާ ފަޅުވެރިން އެމްއެމްޑީއެފުން ވަނީ ސަލާމަތްކޮށްފައެވެ.

ނަސްރު ބޯޓު އަޑިއަށް ދިއުމުގެ ކުރިން ބޯޓު ދިޔަވާ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ވަނީ ބޯޓް ކައިރީގައި ހަރަކާތްތެރިވެ، ބޯޓުން ދަތުރުކުރަމުންދިޔަ 5 ފަޅުވެރިން ކޯސްޓްގާޑް ސްކޮޑްރަން އަށް ނަގައިގެން ނައިފަރަށް ގެންގޮސްފައެވެ.

ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް މިދުވަސްވަރު ހިނގަމުންދާތީ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހާއި އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay