.webp&w=3840&q=75)
ޣައްޒާގެ އިރާއި އުތުރަށް އިސްރާއީލުން ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 29 އޯގަސްޓު 2025 - 08:15
ހައްދުފަހަނައަޅާފައިވާ ހަރުކަށި ޔަހޫދީ އިސްރާއީލުގެ ނިރުބަވެރި ފައުޖުތަކުން ޣައްޒާގެ އިރާއި އުތުރުގެ ސަރަހައްދުތަކަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 61 މީހެއްގެ ފުރާނަ ގެއްލިފައިވެއެވެ. އޭގެ ތެރޭގައި އެހީއަށް އެދިއެދި ތިބި 19 މީހަކު ހިމެނޭ ކަމަށް އަލްޖަޒީރާއަށް މައުލޫމާތު ދިން މެޑިކަލް މަސްދަރަކުން ބުނެއެވެ.
ޣައްޒާ ސިޓީގެ އިރުމަތީ އަދި ދެކުނުގެ އަވަށްތަކުގައި އަސްކަރީ ބޮމުގެ ހަމަލާތައް އިތުރުވަމުންދާ ކަމަށް ވެސް އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީީހުންނާއި ގްރައުންޑްގައި ހަރަކާތްތެރިވާ ނޫސްވެރިންނާ ހަވާލާދީ ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ބޮމުގެ ހަމަލާތަކުގައި ޝަހީދުވި އަދި ޒަޚަމްވި މީހުންގެ އަދަދު ކަށަވަރުނުވާއިރު އިސްރާއީލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ކާނޭބޯނޭ ގޮތެއް ނެތި، ބަނޑުހައިހޫނުކަމުގައި ޣައްޒާގެ އެތައް ބަޔަކު އަންނަނީ މަރާ ހަނގުރާމަކުރަމުންނެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމާއި މާލްނިއުޓްރިޝަންގެ ސަބަބުން 4 މީހަކު ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ. މިއާއެކު ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވި މީހުންގެ ޖުމުލަ އަދަދު 317 އަށް އަރާފައިވާއިރު އޭގެ ތެރޭގައި 121 ކުޑަކުދިން ހިމެނެއެވެ.
ޣައްޒާ ސިޓީގެ ކޮންޓްރޯލް ނެގުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތުގައި ވަރުގަދަ ހަތިޔާރާއި އިންސާނީ ގިނަ ފައުޖުތަކުގެ ބޭނުންކުރަމުން އަންނައިރު، ޓޭންކުތަކާއި މަތިންދާބޯޓުތަކުން މުޅި ސިޓީ ސުންނާފަތިކޮށް ހަލާކުކޮށްލާފައިވާ ކަމަށް އެ ސަރަހައްދުގައި ތިބޭ ނޫސްވެރިން ރިޕޯޓްކުރެއެވެ.
އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކުގައި ފަތިހުން ފެށިގެން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 25 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި އިރު، އޭގެ ތެރޭގައި އެހީއަށް އެދެމުންދިޔަ ހަތަރު މީހަކު ވެސް ހިމެނޭ ކަމަށް އަލްޖަޒީރާއަށް މެޑިކަލް މަސްދަރުތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ފަލަސްތީނުގެ ރާމަالله އަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ހިންގީ ނުރައްކާތެރި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ފަލަސްތީނު ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
އިސްރާއީލުން ޣައްޒާއާ ދެމެދު ހިނގަމުންދާ އުދުވާންތަކުގައި މިހާތަނަށް 62،966 މީހުން ޝަހީދުކޮށް، 159،266 މީހުން ޒަޚަމްކޮށްލައިފައިވެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލުގައި ދިން ހަމަލާތަކުގައި 1،139 މީހުން މަރުވެފައިވާއިރު 200 އަށް ވުރެ ގިނަ މީހުން ވަނީ ބަންދުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން