ކެންސަރު ހޮސްޕިޓަލް އަޅަން ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުން: ހެލްުތު މިނިސްޓަރ ނާޒިމް

މުޙައްމަދު ފަޟްލޫން - 14 ޖުލައި 2025 - 17:21
ކެންސަރު ބަލީގެ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަހާ ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވައި މިނިސްޓަރ ވިދާޅުވީ އުއްމީދަކީ އަވަސް މުސްތަގުބަލެއްގައި ކެންސަރު ހޮސްޕިޓަލެއް ގާއިމް ކުރުން ކަމަށެވެ.
ކެންސަރު ހޮސްޕިޓަލް ގާއިމް ކުރުމަށް ކަރުދާސް ލެވެލްގައި ވާންޖެހޭ ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށް ނިމިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކެންސަރު ހޮސްޕިޓަލް ބިނާކުރުމުގެ މަޝްރޫއުގައި ކޮންސެޕްޓް އެކުލަވާލައި އޭގެ ޓެކްނިކަލް ފީސިބިލިޓީ ބަލައި ޓެކްނިކަލީ ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިިނިސްޓަރ ވިދާޅުވީ މާ ލަސްތަކެއް ނުވެ ކެންސަރު ހޮސްޕިޓަލް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ސިއްހީ ނިޒާމެއްގައި ހާލަތު ބަދަލުކުރުމަށްޓަކައި ސިޔާސަތުތައް އެކަށަ އެޅުމަކީ މުހިއްމު ކަމެއްކަން ފާހަަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ކެންސަރު ހޮސްޕިޓަލެއް އެޅުމަކީ ކެންސަރު ބަލީގެ ހާލަތު މުޅިން ރަނގަޅުވާނެ ކަމެއް ނޫން ކަމަށެވެ.
ގިނަ މީހުންނަށް ބޭސްފަރުވާ ލިބޭނެ ނިޒާމް އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. ހަމަ މިއާއެކު ގައުމުއްގެ ގޮތުގައި ސިއްހީ ނިޒާމްގައި ހިމެނޭ މުހިއްމު އެއް ކަމަަކީ ބަލިތަކުން ދުރުވެ ތިބުމަށް ގައުމެއްގެ ގޮތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކުރަންޖެހޭ މަސައްކަތް ކޮށް އެކަމަށްޓަކައި ސިޔާސަތުތައް އެކުލަވާލުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ އެއް ބާވަތަކީ ފުއްޕާމެއަށް ޖެހޭ ކެންސަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިބާވަތުގެ ކެންސަރު ޖެހެނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ،
ކެންސަރު ބައްޔަކީ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލާއި ގުޅިގެން ކުރިމަތިވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ،
ގުޅުން ހުރި ޙަބަރުތައް

ބަންގްލަދޭޝްއިން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފި
7 ގަޑިއިރު ކުރިން

ހުސްވި ހަފްތާގައި އެމްޕީއެލުން 44،000 އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި
7 ގަޑިއިރު ކުރިން

މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ
10 ގަޑިއިރު ކުރިން

އިންފޮމޭޝަން ކޮމިޝަނަރަކީ ސަރުކާރާ އިދިކޮޅު ބޭފުޅެއް: ރައީސް
10 ގަޑިއިރު ކުރިން


.gif&w=3840&q=75)