
އަބީޝެކްގެ "ކާލީދާރު ލާޕަތާ" އަންނަ މަހު ޕްރެމިއާ ކުރަނީ!

އައިޝަތު އިބްރާހިމް - 22 ޖޫން 2025 - 16:31
ބޮލީވުޑްގެ މަޝްހޫރު ބައްޗަން އާއިލާއަށް ނިސްބަތްވާ ތަރިއެއް ކަމަށްވާ އަބީޝެކް ބައްޗަންގެ އެންމެ ފަހުގެ ފިލްމް "ކާލީދާރު ލާޕަތާ" އަންނަ މަހު 4ގައި ޕްރެމިއާ ކުރަން ނިންމައިފިއެވެ.
މަދުމިތާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަބީޝެކް ފެނިގެންދަނީ ކާލީދަރުގެ ރޯލުންނެވެ. ފިލްމު ގެ ޓްރެއިލާވެސް މިހާރު ވަނީ ރިލީސްކޮށްފައެވެ.
ކާލީދަރަކީ ހަނދާންނެތުމާއި، އެކަހެރިވުމާއި، އަދި ޚިޔާނާތްތެރިކަމާ ކުރިމަތިލާން ޖެހޭ މެދު އުމުރުގެ މީހެކެވެ. އޭނާގެ އާއިލާއިން އޭނާ ބާކީކޮށްލަން ރާވާ ވާހަކަ އެނގުމުން، އަމިއްލައަށް ފިލައިގެން ދިއުމަށް ނިންމައެވެ. ބައްލޫ (8 އަހަރުގެ ކުއްޖެއް) އާ ބައްދަލުވުމުން އޭނާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އާދެއެވެ.
ފިލްމާގުޅޭ މައުލާމާތު މީޑިއާއާ ހިއްސާކުރަމުން އަބީޝެކް ބުނެފައިވަނީ ކާލީދަރުގެ ރޯލު ކުޅުމަކީ ތަފާތު އައު ކަމެއް ކަމަށެވެ. ކާލީދަރަކީ ނާޒުކު، ކުޑަކުއްޖެއް ފަދަ އިންސާނީ ސިފަތައް ގަދަ ކެރެކްޓަރެއް ކަމަށް އޭނާ ބުނެފައިވެއެވެ. މި ފިލްމަކީ އޭނާގެ ކެރިއަރުގައި ވަރަށް ފަޚްރުވެރިވާ ފިލްމެއް ކަމަށްވެސް ބުނެފައިވެއެވެ.
ޑައިރެކްޓަރު މަދުމިތާ ބުނެފައިވަނީ މި ފިލްމުން އެކަހެރިވުމާއި، އިއްޒަތާއި، އަދި އިންސާނީ ގުޅުމުގެ ބާރު ދައްކުވައިދޭނެ ކަމަށެވެ. އަބީޝެކް އަދި ދައިވިކް (ބައްލޫގެ ދައުރު ކުޅޭ ކުއްޖާ) ގެ އޮންސްކްރީން ކެމިސްޓްރީ ވަރަށް ރީތި ކަމަށް އޭނާ ބުނެފައިވެއެވެ. މި ފިލްމަކީ ހަމައެކަނި ފިލްމެއް ނޫންކަމަށާއި، މީހަކު އެމީހާގެ އަސްލު ގޮތުގައި ބަލައިގަތުމާއި ފެނިގެން ދިއުމުގެ މާނައާމެދު ވިސްނައިލުމެއް ކަމަށްވެސް މަދުމިތާ ބުނެފައިވެއެވެ.
މި ފިލްމު ޕްރެމިއާ ކުރަން ނިންމާފައިވަނީ ޒީ5 އެޕުންނެވެ.
މަގުބޫލު ފިލްމު "ކަލް ހޯ ނަ ހޯ" ގެ ޑައިރެކްޓަރު ނިކިލް އަދުވާނީ ޕްރޮޑިއުސްކޮށްފައިވާ "ކާލީދާރު ލާޕަތާ" ގެ ކާސްޓްގައި މުހައްމަދު ޒީޝާން އައްޔޫބާއި ދާދި ފަހުން އަބީޝެކާ ގާތްގުޅުމެއް އޮންނަކަމަށް ނޫސްތަކުގައި ބުނަމުންއަންނަ ބަތަލާ ނިމްރަތު ކޯރް ހިމެނެއެވެ.
މި ފިލްމު އަޅުވާ ދުވަސް ހާމަކުރުމާއި ގުޅިގެން އަބީޝެކްގެ ފޭނުން ބުނަމުންދިޔައީ މިހާރު މި ފިލްމަށް ވަރަށް އިންތިޒާރުކުރެވޭ ކަމަށެެވެ.
އަބީޝެކްގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 6 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ތަރުޚީބެއް ލިބެމުން އަންނަ "ހައުސްފުލް 5" އެވެ. މި އަހަރު ރިލީޒްކުރި އަބީޝެކްގެ ފުރަތަމަ ފިލްމަކީ އެމެޒޯން ޕްރައިމް ވީޑިއޯ އިން މާޗްގައި ގެނެސްދިން މަޝްހޫރު ޑާންސް ޑައިރެކްޓަރ ރެމޫ ޑިސޯޒާގެ ޑައިރެކްޝަންގެ ދަށުން ގެނެސްދީފައިވާ "ބީ ހެޕީ" އެވެ. މިފިލްމަށް އެދެވޭ ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހަރަދުކުޑަކުރަން އަޅާނެ ފިޔަވަޅުތައް އެސްއޯއީތަކާއި ޕީސީބީ އިން ހިއްސާކޮށްފި
5 ގަޑިއިރު ކުރިން

ސިއްހީ އެހީގެ ތަމްރީން ޕްރޮގްރާމް އިފްތިތާހްކޮށްފި
5 ގަޑިއިރު ކުރިން

މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ މައްސަލައިގެ އަޑު އެހުމެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި
20 ގަޑިއިރު ކުރިން

މިނިސްޓަރު ޒަމީރުގެ ނަން ބޭނުންކޮށްގެން ފިތުނަ އުފައްދަން ވެރިކަމަށް އަންނަން ދައްކާ ވާހަކައަކީ ދޮގެއް: ރިޔާޒް ރަޝީދު
21 ގަޑިއިރު ކުރިން


.gif&w=3840&q=75)