logo

އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާ މައްސަލަ ހައްލު ކުރަނީ

profile

އައިޝަތު އިނާޝާ - 11 ޖުލައި 2025 - 06:14

މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް، އިސްލާމީ މަރުކަޒުގެ ފުރާޅުން ފެންލީކުވާ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ފައިބާތީ އެކި ދިމާލުގައި ބާލިދީ ބަހައްޓާފައި ހުރި މަންޒަރުގެ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެއާއެކު ސޯޝަލް މީޑިއާގައި މީހުންވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފައެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ. ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޓިނު ބަދަލުކުރީ މިދިޔަ އަހަރު ކަމަށާއި އެސްޓީއޯގެ ޓިނު އެ ތަނުގައި ޖަހާފައިވާއިރު، އެ މަސައްކަތް ކުރީ އެމްޓީސީސީން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ކަން ކުރީ ވެސް އެ ތަނަށް ވާރޭގެ އަސަރުކުރާތީ، އެ މައްސަލަ ހައްލު ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

40 އަހަރު ވެފައިވާ ޤައުމީ މި ބިނާ ދިމާވެފައިވާ މި މައްސަލަ ހައްލުކުރަން މިނިސްޓްރީ އިން އެންމެ މަތީ ދަރަޖައިގައި މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން: މިނިސްޓަރު ޝަހީމް

އިސްލާމީ މަރުކަޒު ބިނާކުރީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. އެއީ މީގެ 40 އަހަރު ކުރިންނެވެ. ދައުލަތުގެ އިސްވެރިންނާއި ގައުމުގެ ހިދުމަތްތެރިން އަވަހާރަވުމުން އެ މިސްކިތުގައި ކަށުނަމާދުކުރެއެވެ. އިސްލާމިކް މިނިސްޓްރީ ވެސް ހިންގަނީ އެ އިމާރާތުގައެވެ.

https://wamco.com.mv/
https://www.aslu.com.mv