ސިހުރު ހަދާކަމުގެ ރިޕޯޓާއެކު އަލިފުއްޓާ މީދޫގައި ޚާއްސަ އޮޕަރޭޝަނެއް!
ޝާމާ ޝުޢައިބު - 12 ޖެނުއަރީ 2025 - 17:10
ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ރ. އަލިފުއްޓާއި ރ. މީދޫގައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ ސިހުރު ހަދާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައަކާ ގުޅިގެން އެ ދެ ރަށުގައި އޮޕަރޭޝަނެއް ހިނގަމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
މި އޮޕަރޭޝަން ފުލުހުން ހިންގަމުންދާއިރު މި ފަހުން ސިހުރު ހަދާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ށ. ކަނޑިތީމުގައި އެ ރަށު ގެތަކެއް ބަލައި ފާސްކޮށްފައިވެއެވެ.
ސިހުރު ހެދުމަކީ ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން މަނާ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން